އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިލޯ އިންޓަރ ސްކޫލު އެތްލެޓިކްސް ޗެމްޕިއަންޝިޕް 34 ސްކޫލާއެކު ފަށައިފި

މައިލޯ އިންޓަރ ސްކޫލު އެތްލެޓިކްސް ޗެމްޕިއަންޝިޕް 34 ސްކޫލާއެކު ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

މައިލޯ އިންޓަރ ސްކޫލު އެތްލެޓިކްސް ޗެމްޕިއަންޝިޕް 34 ސްކޫލާއެކު ފަށައިފިއެވެ.

ވިހިވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށީ މިއަދު ހެނދުނުއެވެ.

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 10 ކެޓަގަރީއަކުން ރާއްޖޭގެ 34 ސްކޫލަކުން 143 ޓީމެއް ވާދަކުރެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 1036 އެތުލީޓުން ވާދަކުރާނެއެވެ. އަދި 11 އަހަރުންދަށުގެ ފިރިހެން 19 ޓީމު ވާދަކުރާއިރު، 11 އަހަރުންދަށުގެ އަންހެން 17 ޓީމު ވާދަކުރެއެވެ.

ތޭރަ އަހަރުންދަށުގެ ފިރިހެން 20 ޓީމް ވާދަކުރާއިރު، 13 އަހަރުންދަށުގެ އަންހެން 23 ޓީމު ވާދަކުރެއެވެ. އަދި 15 އަހަރުންދަށުގެ ފިރިހެން 15 ޓީމު ވާދަކުރާއިރު، 15 އަހަރުންދަށުގެ އަންހެން 14 ޓީމު ވާދަކުރެއެވެ.

އޭގެ އިތުރުން 17 އަހަރުންދަށުގެ ފިރިހެން 17 ޓީމު ވާދަކުރާއިރު، 17 އަހަރުންދަށުގެ އަންހެން ހަތް ޓީމު ވާދަކުރެއެވެ. އަދި 19 އަހަރުންދަށުގެ ފިރިހެން ހަ ޓީމު އަދި 19 އަހަރުންދަށުގެ އަންހެން ބައިން ވާދަކުރަނީ ފަސް ޓީމެވެ.

މި މުބާރާތުގެ އިވެންޓުތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30އިން 10.30އަށް އަދި ހަވީރު 16:00 ން 18:30 އަށެވެ.

މި މުބާރާތުގައި ވާދަކުރަނީ:

o އައްޑޫ ހައި ސްކޫލް
o ހިތަދޫ ސްކޫލް
o ހުޅުދޫ ސްކޫލް
o އިރުޝާދިއްޔާ ސްކޫލް
o މަރަދޫފޭދޫ ސްކޫލް
o ޝަރަފުއްދީން ސްކޫލް
o ދާންދޫ ސްކޫލް
o ގދ. އަތޮޅު މަދަރުސާ
o އަބޫބަކުރު ސްކޫލް
o ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
o ތިނަދޫ ސްކޫލް
o ފުވައްމުލަކު ސްކޫލް
o ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
o ހާފިޒް އަހްމަދު ސްކޫލް
o މުހައްމަދު ޖަމާލުއްދީން ސްކޫލް
o އަފީފުއްދީން ސްކޫލް
o ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
o އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
o އަމީނިއްޔާ ސްކޫލް
o އެވިޑް ކޮލެޖް
o ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް
o ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން
o ދަރުމަވަންތަ ސްކޫލް
o ޣާޒީ ސްކޫލް
o ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
o އިސްކަންދަރު ސްކޫލް
o ޖަމާލުއްދީން ސްކޫލް
o ކަލާފާން ސްކޫލް
o މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
o މަޖީދިއްޔާ ސްކޫލް
o ރެހެންދި ސްކޫލް
o ތާޖުއްދީން ސްކޫލް
o ހިރިޔާ ސްކޫލް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް