އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްސަލަތަކެއްގެ ވާހަކަ ދެއްކީމާ އެކަން ނުބަލާ ކުރިއަށް އެޅީ ފިޔަވަޅު- އަންގައިދެނީ ފަހަތަށް ޖެހެވެންނެތްކަން: ވަކީލުން

މައްސަލަތަކެއްގެ ވާހަކަ ދެއްކީމާ އެކަން ނުބަލާ ކުރިއަށް އެޅީ ފިޔަވަޅު- އަންގައިދެނީ ފަހަތަށް ޖެހެވެންނެތްކަން: ވަކީލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ވާހަކަތައް ޤާނޫނީ ވަކީލުން ދެއްކުމުން، އެންމެ ކުޑަމިނުން ދައްކާ ވާހަކަތަކާއި ގުޅިގެން ސުވާލެއްވެސް ކޮށްނުލައި ކުރިއަށް ފިޔަވަޅު އަޅައި ވަކީލުންތައް ސަސްޕެންޑްކުރުމުންވެސް އަންގައިދެނީ ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތައް ކަމަށާއި އެކަމުންވެސް އަންގައިދެނީ ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ފަހަތަށް ޖެހެވެން ނެތްކަން ކަަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅަން މަސައްކަތްކުރި ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލުންގެ ފަރާތުން ބުނީ ސްޕްރީމް ކޯޓަށް ބަލައި ނުގަންނަ ޕެޓިޝަނެއްގައި ހުރިކަންކަން ޖޭޑީއޭއަށް ނުވަތަ ސްޕްރީމް ކޯޓަށް އެނގުނު ގޮތާއިމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެއްވެސް ވަކީލަކާއި ސުވާލުނުކޮށް ކަންކަމުގެ މައުލޫމާތު ހޯދި ގޮތާއިމެދުވެސް ސުވާލު އުފެދޭ ކަމަށެވެ.

ވަކީލުންގެ ފަރާތުން ވިދާޅުވީ ޝަރުޢީ ނިޒާމުގައި މައްސަލަތަކެއް ހުރިކަން އަދި އަދުލު އިންސާފު ނުލިބޭކަން އެންމެ ބޮޑަށް އެނގި ތަޖުރިބާ ކުރެވެނީ ކޯޓުތަކަށް ދާ ޤާނޫނީ ވަކީލުންނަށް ކަމަށެވެ. އަދި މިކަންކަން މިގޮތަށް ހުރިކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގި ޤަބޫލުކުރާ ކަމަށެވެ.

ވަކީލުންގެ ފަރާތުން ވިދާޅުވީ ކަންކަން އިޞްލާޙްކުރަން ނުކުންނަންޖެހުނީ އެކަންކަމަށް ކެތް ނުކުރެވިގެން ކަމަށާއި ކަންކަން އިޞްލާޙްކުރެވެންދެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ވަކީލުން ބުނީ ފިޔަވަޅު އަޅައި ވަކީލުންގެ މަސައްކަތްތަކަށް ހުރަސްއެޅިނަމަވެސް އިޞްލާޙީ މަސައްކަތްތައް ނުހުއްޓޭނެ ކަމަށާއި އިތުރު ވަކީލުން ގެންދާނީ ޕެޓިޝަން ހުށަހަޅަމުން ކަމަށެވެ. ޝަރުޢީ ނިޒާމުގައި ހުންނަ މައްސަލަތައް ފާހަގަކޮށް އެކަންކަން އިޞްލާޙްކުރުމަށް މަސައްކަތްކުރުމަކީ ވަކީލުންގެ އިޤްރާރުން ވަކީލުންގެ މައްޗަށް ކުރަން ލާޒިމު ކަމެއް ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް