އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޯލްޑިވްސް މެރިން އެކްސްޕޯގައި ފުލުހުން ބައިވެރިވެއްޖެ

މޯލްޑިވްސް މެރިން އެކްސްޕޯގައި ފުލުހުން ބައިވެރިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ލިވަރބޯޑް އެސޯސިޔޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން މިއަހަރު ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯ 2017 ގެ 04 ވަނަ އެޑިޝަންގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސް ޑިޕާޓްމަންޓުން ބައިވެރިވެއްޖެއެވެ.

މި ސެޕްޓެންބަރު މަހުގެ 9 އިން 11 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ފަރާތުން ވަނީ ސްޓޯލްއެއް ގާއިމުކޮށްފައެވެ.އެގޮތުން މި ސްޓޯލުން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަނޑުދަތުރު ފަތުރު ކުރުމުގައި ހެދިފައިވާ ޤަވާޢިދުތަކުގެ މުހިންމު ނުކުތާތައް ފާހަގަކޮށްދިނުމާއި، އުޅަނދުފަހަރު ފުރުމުގެ ކުރިން ސަލާމަތީ ގޮތުން ފުރިހަމަ ކުރެވިފައި ހުންނަންޖެހޭ ތަކެތީގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން އެކްސްޕޯގެ މެއިން ސްޓޭޖްގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމުގެ މުހިންމުކަމާ ބެހޭގޮތުން "އަމާން ދަތުރު" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޓޯކް ޝޯއެއްގައި ފުލުހުން ވަނީ ބައިވެރިވެ ކަމާގުޅުންހުރި މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މި އެކްސްޕޯ އަށް ހާޒިރުވާ ފަރާތްތަކަށް ކަމާ ގުޅުންހުރި މައުލޫމާތުތައް ހިމެނޭ ލީފްލެޓްތައްވެސް ބަހާފައިއެވެ.މެރިން ޕޮލިސް ޑިޕާޓްމަންޓުން ވަނީ މިދިޔަ އަހަރުވެސް މޯލްޑިވްސް މެރިން އެކްސްޕޯގައި ބައިވެރިވެފައެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު