އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިދައިތައަށް ޒަޚަރު ދީ މަރާލަން އުޅުނު ޅީދަރިފުޅުގެ ވާހަކަ

މައިދައިތައަށް ޒަޚަރު ދީ މަރާލަން އުޅުނު ޅީދަރިފުޅުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ލީލީ ނަމަކަށް ކިޔާ ޗައިނާ އަންހެނަކު، ކައިވެންޏަށްފަހު އޭނާގެ ފިރިމީހާގެ ގެއަށް ދިރިއުޅެން ދިޔައެވެ. އެގޭގައި ލީލީ އާއިއެކު އޭނާގެ ފިރިމީހާގެ މަންމަވެސް ދިރިއުޅުނެވެ. ނަމަވެސް ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ ލީލީއަށް އޭނާގެ މައިދައިތަ އާއިއެކު އުޅެން އުނދަގޫވިއެވެ. މައިދައިތައާއި ވަރަށް ގިނަ ކަންތައްތަކާއި ޚިޔާލު ތަފާތުވެ މައްސަލަތައް ޖެހެން ފެށިއެވެ.

ދުވަސްތައް ހަފްތާއަށް ހަފްތާތައް މަސްތަކަށް ބަދަލު ވަމުން ދިޔައެވެ. މައިދައިތައާއި ލީލީ އާއި ދެމެދު ޖެހޭ މައްސަލަތައް މަދެއް ނުވިއެވެ. ގޭގައި އަބަދުމެ އޮންނަނީ ކަންކަމާއި ދެބަސްވުމާއި ޒުވާބު ކުރުމެވެ. މައިދައިތަ ހުންނަނީ އަބަދުމެ ލީލީއަށް ކަންތައް ކުރަންވާނެ ގޮތް ކިޔާދީ ކޮންމެވެސް ކަމެއް ކުރުމަށް އަމުރުކޮށްކޮށެވެ. މިކަމާއި ލީލީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހެއެވެ. ޗައިނާގެ ސަޤާފަތް އިންނަ ގޮތުން މައިދައިތަ ފެންނަ ކޮންމެ ފަހަރަކު، އިޚްތިރާމް އަދާ ކުރުމުގެ ގޮތުން ބޯތިރިި ކުރަން ލީލީއަށް ޖެހެއެވެ. މިއީ ލީލީ އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭ ކަންތަކެވެ. ލީލީގެ ފިރިމީހާ ވެސް ހުންނަނީ، ލީލީ އާއި އޭނާގެ މަންމައާއި ދެމެދުގެ ހަނގުރާމައިގެ ދެމެދުގައި ބެދި، ބޯހާސްވެފައެވެ.

މައިދައިތަގެ ކަންތައްތަކަށް ކެތް ނުވެގެން، އެކަމަށް ޙައްލެއް ގެންނަން އެންމެ ފަހުން ލީލީ ނިންމިއެވެ. އަދި އޭނާގެ ބައްޕަގެ ރައްޓެއްސެއް ކަމަށްވާ ހުއަންގް އާއި ބައްދަލު ކުރަން އެއްދުވަހަކު ދިޔައެވެ. ހުއަންގް އަކީ އެކި ބާވަތްތަކުގެ ފަތްޕިލާވެލި ވިއްކާ މީހެކެވެ.

ލީލީ ހުއަންގް އަށް އޭނާއަށް ކުރިމަތިވެގެން އުޅޭ މައްސަލަ ކިޔާ ދިނެވެ. އަދި ކެތްތެރިކަން ކޮޅުންލައިފި ކަމަށް ބުނެ، މައިދައިތަ މިދުނިޔެއިން ނައްތާލަން ޒަޚަރެއް ދިނުމަށް އެދުނެވެ. އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ހުއަންގް ބުނީ ލީލީއަށް އެހީވާނެ ކަމަށެވެ. ނަމަވެސް ލީލީ ކަންތައް ކުރަންވާނީ ހުއަންގް ބުނާ ގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އިރުކޮޅެއްފަހުން ޕެކެޓެއް ހިފައިގެން ހުއަންގް އައެވެ. ލީލީ އަތަށް އެދީފައި ހުއަންގް ބުނީ ކޮންމެ ދުވަހަކުވެސް މީރުކޮށް ކާއެއްޗެއް ތައްޔާރުކޮށް އެފަތްޕިލާވެލި ކާއެއްޗަށް އެޅުމަށްފަހު މައިދައިތައަށް ކާން ދިނުމަށެވެ. އެފަތްޕިލާވެލީގެ އަސަރު ކުރާނީ ވަރަށް ލަސް ލަހުން ކަމަށާއި، ކުއްލިއަކަށް މައިދައިތަ މަރުވާނެފަދަ ބޭހެއް ނުދިނީ އޭރުން މީހުން ލީލީ އަށް ޝައްކު ކޮށްފާނެތީ ކަމަށް ވެސް ހުއަންގް ބުންޏެވެ. މައިދައިތައާއި ވަރަށް މަޑުމައިތިރިކަމާއި ލޯތްބާއި އެކީ ވާހަކަ ދައްކާ، އެދުވަސްކޮޅު މައިދައިތައަށް ވަރަށް ރަނގަޅަށް ބެލުމަށް ވެސް ހުއަންގް ނަސޭޙަތްތެރި ވިއެވެ. އެއިރުންވެސް މީހުން ލީލީ އަށް ޝައްކު ނުކުރާނެ ކަމަށް ބުނުމުން، އެފަދައިން ކަންތައް ކުރަން ލީލީ އެއްބަސްވިއެވެ.

މައިދައިތަގެ ކިބައިން އުމުރަށް ސަލާމަތް ވެވޭނެތީ އުފަލުން ލީލީ ހުއަންގް ބުނި ފަދައިން ކަންތައް ކުރަން ފެށިއެވެ. މީރުހާ ކާއެއްޗެހި ވަކިން ޚާއްސަކޮށް ކޮންމެ ދުވަހަކުވެސް މައިދައިތައަަށްޓަކައި ތައްޔާރު ކުރިއެވެ. އަދި ތައްޔާރުކުރާ ކާނާއަށް ހުއަންގް ދިން ޕެކެޓުން ފަތްޕިލާވެލި ވެސް އެޅިއެވެ. އޭގެ އިތުރުން، މައިދައިތަ ބުނާ ހުރިހާ ކަމެއް އެއްވެސް ޝަކުވާއަކާއި ނުލާ، ހިނިތުންވުމަކާއިއެކު ކުރިއެވެ. ލީލީ އަމިއްލައަށް ވެސް މައިދައިތަ އާއި ގޭތެރޭގެ އެހެން ކަންތައްތައްވެސް ކުރަން ފެށިއެވެ.

ނަތީޖާއަކަށްވީ ލީލީ އާއި މެދު އޭނާގެ މައިދައިތަވެސް ހިތް ސާފުވެ، ވަރަށް ރީތިކޮށް ލީލީ އާއި މުޢާމަލާތްކޮށް ވަރަށް ލޯބިން ލީލީ ގެންގުޅުމެވެ. މައިދައިތަ އިންނަނީ އަބަދުވެސް ލީލީ އާއިމެދު ހިތްހަމަ ޖެހިފައެވެ. ދެމައިން އެކުއެކީގައި ތަންތަނަށް ދިޔުމާއި އުފާކޮށް މަޖާކުރުން ފަދަ ކަންތައްވެސް ކުރަން ފެށިއެވެ. އަދި މައިދައިތަގެ ރައްޓެހިން ގާތުވެސް މައިދައިތަ ބުނަމުން ދިޔައީ ލީލީ އަކީ ވަރަށް ރަނގަޅު ޅީދަރިއެއް ކަމަށާއި އޭނާ ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވާ ކަމަށެވެ. އެދެމައިންގެ ދެމެދު ލޯބި އިތުރުވުމުން އެކަމާއި ލީލީގެ ފިރިމީހާވެސް ވަރަށް ބޮޑަށް އުފާވެ ހިތްހަމަ ޖެހުނެވެ.

ލީލީ އަނެއްކާވެސް އެއްދުވަހަކު ހުއަންގް ކައިރިއަށް ދިޔައެވެ. ކުރިން ދުވަހާއި ޚިލާފަށް އެދުވަހު ލީލީ ރޮއެރޮއެފައި ހުއަންގް ގާތު އާދޭސް ކުރީ، މައިދައިތައަށް އޭނާ ދެމުން ގެންދިޔަ ޒަޚަރު އަސަރު ނުކުރާނެ ގޮތް ހަދާ ދިނުމަށާއި މައިދައިތަ ސަލާމަތް ކޮށްދިނުމަށެވެ. އަދި އޭނާ ދެކެ މައިދައިތަ މިހާރު ވަރަށް ލޯބިވާ ކަމަށާއި އޭނާވެސް މައިދައިތަ ދެކެ އަމިއްލަ މަންމަ ފަދައިން ލޯބިވާ ކަމަށް ބުނެ މައިދައިތަ އެމީހުންނާއި ވަކިވާން ބޭނުން ނުވާކަމަށް ވެސް ބުންޏެވެ. ހުއަންގް ހީލާފައި ލީލީ ގާތު ބުންޏެވެ.

"އަހަރެން ލީލީއަށް ދިނީ ޒަޚަރެއް ނޫނެވެ. އެއީ މައިދައިތަގެ ގައިގާ އިތުރަށް ވަރުޖައްސާދޭނެ ވިޓަމިން އެކެވެ. ޙަޤީޤަތުގައި މައިދައިތައަށް ޓަކައި، ޒަޚަރު އުފެދިފައި ހުރީ ލީލީ ގެ ސިކުނޑީގައެވެ. އެޒަޚަރު ނައްތާލެވުނީ ލީލީ މައިދައިތައާއި މެދު އޯގާތެރިކޮށް ކަމޭހިތާ މައިދައިތައަށް ލޯބި ދިނުމުންނެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Hasanqbe 2017-09-12 16:11:37

Wiburawiteri vAhakawewq


މަރިޔަމް ވަހީދާ