އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން އައްޑޫ" އަށްދާ ދުވުންތެރިން މައިދާނަށް ގެނައުމާއި ގެންދިއުން ޓީއެފްޖީ އިން ހަމަޖައްސައިދޭނެ..

ޓީއެފްޖީ "ރަން އިން އައްޑޫ" އަށްދާ ދުވުންތެރިން މައިދާނަށް ގެނައުމާއި ގެންދިއުން ޓީއެފްޖީ އިން ހަމަޖައްސައިދޭނެ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ޓީއެފްޖީ "ރަން އިން އައްޑޫ" އަށްދާ ދުވުންތެރިން މައިދާނަށް ގެނައުމާއި ގެންދިއުން ޓީއެފްޖީ އިން ހަމަޖައްސައިދޭނެކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގެ ޑިރެކްޓަރ މުޙައްމަދު މިސްތޯ މިއަދުނޫހަށްދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ "ރަން އިން އައްޑޫ" ގައި ބައިވެރިވާ ދުވުންތެރިން ދުވާ މައިދާނަށް (އެމީހަކު ދުވުންފަށާ ސަރަހައްދަކަށް) ގެންދިއުމާއި އެނބުރި ދިއުމަށް ޚާއްސަ ބަހެއް އޮންނާނެ ކަމަށެވެ. އަދި މިއީ އެފަރާތްތަކަށް ލުއިފަސޭހަގޮތެއް ހޯދައިދިނުމުގެ ގޮތުން އިންތިޒާމުކުރި ކަމެއް ކަމަށެވެ.

"އެކިމީހުން ތިބޭނީ އެކި ތަންތަނުގަ ދޮގެއްތޯ. ބައެއްމީހުން ތިބޭނެ ގަމުގަވެސް. އެހެންވީމަ ހެދިގޮތެއްމީ. އަނެއްކާ އެމީހުންނަށްވެސް ފަސޭހަވާނެތާ" މިސްތޯ ވިދާޅުވިއެވެ.

މިސްތޯ ވިދާޅުވީ މިބަހުގައި ދަތުރުކުރެވޭނީ ހަމައެކަނި ދުވުންތެރިޔާއަށް ނޫން ކަމަށާއި އޭނާގެ ޢާއިލާއަށްވެސް ދަތުރުކުރެވޭނެ ކަމަށެވެ.

މިސްތޯ ވިދާޅުވީ "ދަންވަރު 03:20 އިން ފެށިގެން ބަސް ދަތުރު ފަށާނެ" ކަމަށާއި "މި ދަތުރުތައް ކުރާނީ ވަކި ޝެޑިއުލެއްގެ ދަށުން" ކަމަށެވެ. އަދި "ޝެޑިއުލަށް ވަރަށް ސަމާލުވާންވާނެ" ކަމަށާއި "ގަޑިއަށް ނާދެވިއްޖިއްޔާ ދެންޖެހޭނީ އަމިއްލައަށް އަންނަން" ކަމަށެވެ.

ބަސްދަތުރުގެ ޝެޑިއުލް މި މަހުގެ 15 ވާހުކުރު ދުވަހު އޮންނަ އެކްސްޕޯގައި ލިބޭނެ ކަމަށާއި މިކަމުގައި ހުރިހާ އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށްވެސް މިސްތޯ ވިދާޅުވިއެވެ.

މިސްތޯ އިތުރަށް ވިދާޅުވީ ހުރިހާ ކެޓަގަރީއެއްގެ ދުވުންވެސް އެންމެ ލަސްވެގެން 10:30ގެ ކުރިން ނިމޭނެކަމަށް ލަފާކުރާ ކަމަށާއި އެއީ އެންމެ ލަހުން ދުވާ މީހާއަށްވެސް ފުލް މެރަތަން (42.2 ކިލޯމީޓަރ) 6 ގަޑި އިރުން ނިންމޭނެކަމަށް ލަފާކޮށްފައި ކަމަށެވެ.

"ރަން އިން އައްޑޫ"ގައި ފުލް މެރަތަން ނުވަތަ 42.2ކިލޯމީޓަރގެ ދުވުން 15 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ގައި ފެށުމަށްތާވަލުކޮށްފައިވަނީ ކަނބިހާ މަގުންނެވެ. ހާފު މެރަތަން ނުވަތަ 21.1 ކިލޯމީޓަރގެ ދުވުން ގަން އިންޓަރނޭޝަނަލްއެއަރޕޯޓުން 15 ވަނަ ދުވަހުގެ ހެނދުނު 6:45 ގައި ފަށާ އިރު، 10ކިލޯމީޓަރ ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑުން ހެނދުނު 7:45 ގައެވެ. އަދި 5 ކިލޯމީޓަރގެ ދުވުން ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45ގައެވެ.
މި ހުރިހާ ރޭހެއްވެސް ނިންމާނީ ހިތަދޫގައި ހުންނަ ކޮންވެންޝަން ސެންޓަރު ކައިރިއަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް