އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނަށް އެންމެ ގިނައިން ވަންނަނީ އަންހެނުން- އެކަމެއް ނުހުއްޓުވޭނެ: މުފްތީ މެންކް

އިސްލާމް ދީނަށް އެންމެ ގިނައިން ވަންނަނީ އަންހެނުން- އެކަމެއް ނުހުއްޓުވޭނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކުރަމުން ގެންދަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށާއި އެކަން ކުރަނީ އިސްލާމް ދީން ކުރިއަރާވަރުން ގޮތް ހުސްވެގެން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް ވިދާޅުވީ އެހެން ދީންތަކުގެ މީހުން ވެސް ގެންދަނީ ބޮޑެތި ޖަރީމާތައް ހިންގައި އެތައް ހާސް ބައަކު މަރަމުން ކަމަށެވެ.

އެހެންކަމާއިއެކުވެސް އެމީހުންނަކީ ޓެރަރިސްޓުން ކަމަށް ނުބުނާ ކަމަށާއި އެމީހުން މީހުން މެރުމަށް ދޭނަމަކީ ކުށްކުރުން ކަމަށެވެ. ނަމަވެސް މުސްލިމަކު އެއްވެސް ކަމެއް ކޮށްފިނަމަ އެކަން ވަނީ ޓެރަރިޒަމްގެ އަމަލަކަށް ކަމަށެވެ. އެމީހަކު ހަދަނީ ޓެރަރިސްޓަކަށް ކަމަށެވެ.

މުފްތީ މެންކް ވިދާޅުވީ މުސްލިމުންނާއި ދެކޮޅަށް މިހުރިހައި ކަންކަން ކުރަމުން ގެންދާއިރުވެސް ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަނީ އިސްލާމް ދީން ކަމަށެވެ. އިސްލާމް ދީނަށް އަލަށް ވަންނަ މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށެވެ.

މުފްތީ މެންކް ވިދާޅުވީ ޖާހިލިއްޔަ ޒަމާން ފަދައިން މިއަދު އަންހެނުން ގެންދަނީ "ނީލަން" ކިޔަމުން ކަމަށެވެ. އެމީހުންގެ ރީތި ކަމުގެ ފައިދާ ބޭނުންކުރަނީ އެމީހުން ބަރަހަނާކަންމަތީގައި ބައިތިއްބައިގެން ކަމަށެވެ. އެކަން މިއަދު އަންހެނުންނަށް އެނގެން ފަށައިފި ކަމަށާއި އެކަންކަމަށް ހައްލު އޮތީ އިސްލާމް ދީނުގައިކަން އަންހެނުންނަށްކަން އެކަނބަލުންނަށް ވިސްނި ޤަބޫލުކުރަން ފަށައިފި ކަމަށެވެ.

"އަންހެނުން ގިނަ އަދަދުތަކުން އިސްލާމް ދީނަށް ވަނުމެއް ނުހުއްޓުވޭނެ، ދާނީ އިތުރުވަމުން، އަންހެނުންނަށް ބޭނުންވާ ހިމާޔަތާ ރައްކާތެރިކަން އޮތީ އިސްލާމް ދީނުގައި އެކަނިކަން އެކަނބަލުންނަށް މިހާރު ޔަޤީން ކުރެވޭ."

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް