އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންގެ އުމުރު ކަނޑައަޅައިގެން އުޅެނީ މަގުފުރައްދަން- ބާލިޣް ވުމަށްފަހު ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެ!

ކުޑަކުދިންގެ އުމުރު ކަނޑައަޅައިގެން އުޅެނީ މަގުފުރައްދަން- ބާލިޣް ވުމަށްފަހު ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ބާލިޣްވުމަށްފަހު ކުރާ ކުށްތަކަށް މާތް ﷲ ޖަޒާ ދެއްވަވާނެއެވެ. އެހެންކަމުން ބާލިޣްވާ އުމުރަށް އެޅިގެންދާއިރު މާތް ﷲ ހަރާމް ކުރެއްވެވި ކަންކަން ކުދިންނަށް އަންގައިދޭންޖެހެއެވެ.

ބާލިޣްވުމަށްފަހު ކުރާ ކުށްތަކަށް މާތް ﷲ ޖަޒާ ދެއްވަވަނީ އުމުރުން ދުވަސްވީ މީހުންނަށް ޖަޒާ ދެއްވަވާފަދައިންނެވެ. ބާލިޣްވެއްޖެނަމަ 18 އަަހަރު ނުފުރޭތީ އަޒާބުު ލުޔެއް ނުވެއެވެ. އަޒާބު ނުލިބިއެއްވެސް ނުދެއެވެ.

ޢިލްމުވެރިން ވިދާޅުވަނީ ޝިރުކު ކުރުމާއި ޒިނޭކުރުމާއި މީހުން މެރުމަކީ މުސްލިމަކު ކޮށްފިނަމަ އެކަމުގެ ޖަޒާ ދެގުނައަށް ލިބޭނެ ކަންކަން ކަމަށެވެ. ސަބަބަކީ އޭނާ އެކަންކަން ކުރަނީ އެކަންކަމަކީ މާތް ﷲ ޙަރާމް ކުރެއްވެވި ކަންކަން ކަން ރަނގަޅަށް އެނގިހުރެ ކަމަށްވާތީއެވެ.

ތިބާއަށް ވަނީ ކުށްތަކެއް ކުރެވިފައިހެއްޔެވެ! ބޮޑެތި ފާފަތަކެއް ކުރެވިފައި ހެއްޔެވެ! ކަންބޮޑު ނުވާށެވެ. ތައުބާވާށެވެ. ފުރިހަމަ ގޮތުގައި ތައުބާވުމުން ތިބާއަށް ކުރެވިފައިވާ ފާފަތައް މާތް ﷲ އަފޫ ކުރައްވަވައެވެ. ފާފަތައް އެއީ ހެޔޮކަމަށް ބަދަލުކުރައްވަވައެވެ. ތިބާއަށް އޮތީ ފުރިހަމައަށް ތައުބާވުމެވެ.

އިލްމުވެރިޔާގެ ބަސްފުޅުތައް ވީޑިއޯ އިން އަޑުއައްސަވާށެވެ. މައިންބަފައިންގެ ޒިންމާ އާއިމެދު ހޭލުންތރިވާށެވެ. ލޯބިވާ ދަރިފުޅާއިމެދު އަދާކުރަންޖެހޭ ހައްޤުތަކަށް ފުންކޮށް ވިސްނައިލާށެވެ. ދުނިޔޭގެ ބޮޑެތި ޖަމާއަތްތަކުން އިންސާނުން މަގުފުރެއްދުމަށް މިއަދު ހަދައިގެން މިއުޅޭ ކުޑަކުދިންގެ ޤާނޫނުތަކާއި ކުޑަކުދިންކަން ކެނޑޭ އުމުރާއިމެދު ފުންކޮށް ވިސްނައިލާށެވެ. އަމިއްލަ ދަރިން ނަރަކައިން ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.

މަރުވުމަށްފަހު އަމަލުކުރެވޭނީ އދ ގެ ޤަރާރުތަކާއި އިންސާނުން ހަދައިގެން މިއުޅޭ ޤާނޫނުތަކަކަށް ނޫނެވެ. މާތްﷲގެ އެންގެވުންތަކަށެވެ. މިއީ ދިވެހި މުޖުތަމައުންވެސް މިއަދު ފުންކޮށް ވިސްނަންޖެހިފައިވާ ކަންކަމެވެ. ޤާނޫނުން ބުނާ ބޮޑު ކުއްޖަކަށް ދަރިން ހެދުން އަޅުވައިގެން ގެންގުޅެވޭ ގޮތާއިމެދު ވެސް އަލުން ވިސްނައިލާށެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Hukum 2017-09-13 07:43:55

Thikan kiuntherin nahEgunass keyh kuraany Egenjeheameehunnah thikanvissnigen thikan ragalhu kureveanee keyh kuraanee....!!!?

ޢިލްމުވެރިޔެށް 2017-09-13 09:33:55

ވަރައް ރަނގަޅު ލިޔުމެށް<br /> މާޝާﷲ


އަބްދުއްލަތީފް