އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޔާންއިން އަންޑްލެޗްގެ މައްޗަށް ކުރި ހޯދައިފި

ބަޔާންއިން އަންޑްލެޗްގެ މައްޗަށް ކުރި ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މެޗުން ބަޔާން މޮޅުވީ އަންޑަލެޗްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން 12 ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.

މި ލަނޑަށްފަހުވެސް ބަޔާން އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އަންޑަލެޗްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބަޔާން އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް އިތުރުކޮށްފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ އަލަކަންޓާރާ އެވެ.

މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު އިތުރުވަގުގައި ކާމިޔާބުކޮށްދިނީ ކިމިޗް އެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ޕީއެސްޖީވެސް ވަނީ ސެލްޓިކުގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދާފައެވެ. ޕީއެސްޖީން ސެލްޓިކުގެ މައްޗަށް ކުރި ހޯދާފައިވަނީ 0-5 ގެ ނަތީޖާއިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން