އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންޑީއެފުން އއ.މަތިވެރީގައި ނިޔަމިކަމުގެ ކޯސް ފަށައިފި

އެމްއެންޑީއެފުން އއ.މަތިވެރީގައި ނިޔަމިކަމުގެ ކޯސް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑު ގުޅިގެން، އއ.މަތިވެރީގައި ނިޔަމި ކަމުގެ ކޯސް ފަށައިފިއެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ 15 އާ ހަމައަށް އއ.މަތިވެރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި 38 ފަރާތެއް ބައިވެރިވެފައިވެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގާ މި ކޯހުގައި، 30 ގަޑިއިރުގެ ކުލާސްތަކެއް ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މި ކޯހުގައި ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ، ސީ، ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް އުނގަންނައިދެވޭނެއެވެ.

މިގޮތުން، ކޯހުގައި އުނގަންނައި ދެވޭ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނެއެވެ. މިކޯހުގައި ކިޔަވާދެއްވަނީ، ނެވިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.ނިޔަމިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ކުރިއަށްގެންދާ ކޯސްތަކުގެ ތެރެއިން، މިއީ، މިއަހަރުގެ ތެރޭގައި ހިންގި މިފަދަ 39 ވަނަ ނިޔަމި ކަމުގެ ކޯހެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު