އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާއިތުވި އޮގަސްޓް މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފި

ފާއިތުވި އޮގަސްޓް މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ފާއިތުވި އޮގަސްޓް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން ބުނީ މި ޢަދަދާއެކު މި އަހަރުގެ މިހާތަނަށް މީރާއަށް ބަލައިގަތް އާމްދަނީގެ ޖުމުލަ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

މީގެ ތެރެއިން އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިން ކަމަށާއި އެއީ އޮގަސްޓު މަހު ލިބުނު ޖުމުލަ އާމްދަނީގެ %46.9 ނުވަތަ 469.4 މިލިއަން ރުފިޔާ ކަމަށްވެސް މީރާ އިން ބުންޏެވެ.

އެ އިދާރާއިން ބުނީ ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީ (16.2% ނުވަތަ 161.8 މިލިއަން ރުފިޔާ) ކަމަށާއި ބިޒްނަސް ޕްރޮފިޓް ޓެކްސް (.7 ނުވަތަ 126.9 މިލިއަން ރުފިޔާ)، ގްރީން ޓެކްސް (% 5.2ނުވަތަ 52.2 މިލިއަން ރުފިޔާ) އަދި އެއަރޕޯޓު ސަރވިސް ޗާޖް އިން (%4.4 ނުވަތަ 44.4 މިލިއަން ރުފިޔާ) ލިބިފައިވާކަމަށެވެ.

އޮގަސްޓު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 39.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް