އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރު ވާހަކަ- ކުޑަ ކުއްޖެއް ދިން އަގުހުރި ހަދިޔާ

ކުރު ވާހަކަ- ކުޑަ ކުއްޖެއް ދިން އަގުހުރި ހަދިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އެމެރިކާގެ ކެފޭއަކަށް އުމުރުން ގާތްގަނޑަކަށް 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ދިޔައެވެ. ވެއިޓަރުންނަށް ޓިޕްސް ދޭން ބޭނުންނަމަ 10 ސެންޓާއި 15ސެންޓާއި ދެމެދުގެ އަދަދަކަށް ދިނުމަށް އެކެފޭގައި އިއުލާނެއް ބަހައްޓާފައި ހުއްޓެވެ.

އެތަނުން މޭޒެއް ކައިރީގައި އިށީނުމުން، އެހެން ކަސްޓަމަރުންނަށް ވެސް ޚިދުމަތް ދޭ ފަދައިން، ވެއިޓްރެސް އެއް އެކުއްޖާ އިން މޭޒު ކައިރިއަށް ވެސް ގޮސް ފެންފުޅިއަކާއި ފެންބޯން ތައްޓެއް ބަހައްޓާފައި، ކޯޗެއްތޯ ގެންނާނީ ސުވާލު ކުރިއެވެ. ކުޑަ ކުއްޖަކަށް ވެސް އެފަދައިން ޚިދުމަތް ދޭން ޖެހުމުން ވެއިޓްރެސް ހިތްހަމަ ނުޖެހުނެވެ.

"އައިސްކްރީމް ސަންޑޭ އެއް ކިހާ ވަރަކަށް؟" އެކުއްޖާ ސުވާލު ކުރިއެވެ.

"50 ސެންޓަށް" ރުންކުރުވެފައި ހުރި ގޮތަކަށް ވެއިޓްރެސް ޖަވާބު ދިނެވެ.

އެކުޑަ ކުއްޖާ އޭނާގެ ޖީބުގައި ހުރި ފައިސާ ފޮތިތައް ނަގާފައި ގުނާލިއެވެ.

"އާދައިގެ އައިސްކްރީމް ތައްޓެއް ކިހާ ވަރަކަށް؟" ކުޑަ ފިރިހެން ކުއްޖާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ.

"35 ސެންޓަށް" ކުރިއަށްވުރެ ބޮޑަށް ވެއިޓްރެސް ހިތްހަމަ ނުޖެހިގެން ހުރެ ޖަވާބު ދިނެވެ. އެވަގުތު އޭނާގެ ހިތައް އެރީ "އެކުޑަ ކުއްޖާ އެކަނި އެތަނަށް ނައިނަމައޭ، ރަނގަޅު ކާއެއްޗެއް ވެސް ގަނެވޭ ވަރަށް ފައިސާވެސް އެކުއްޖާ އަތުގައި ނެތޭ" މިހެންނެވެ. ދޮރާއި ދިމާލަށް ބަލާލިއިރު، މޭޒެއް ބޭނުން ވެގެން ތިބި އެހެން ކަސްޓަމަރުންތަކެއް ވެސް އޭނާއަށް ފެނުނެވެ. އެމަންޒަރު ފެނުމުން އެކުޑަ ކުއްޖާ ދެކެ އިތުރަށް އޭނާ ފޫހިވިއެވެ. ހިތައް އަރަމުން ދިޔައީ އެމީހުންނަށް މޭޒު ދެވުންނަމަ ވެސް މާރަނގަޅު ވީހޭ، އެއިރުން އޭނާއަށް ވެސް އެއްޗެއް ލިބުނީހޭ މިހެންނެވެ.

"އެހެންވީއިރު އަހަންނަށް އާދައިގެ އައިސް ކްރީމް ތައްޓެއް ގެނެސްދީ" ކުޑަ ކުއްޖާ އޭނާގެ އޯޑަރު ދިނުމުން ވެއިޓްރެސް އެތަނުން ދިޔައެވެ. އަދި އިރުކޮޅެއް ފަހުން އެކުއްޖާ އޯޑަރު ދިން އާދައިގެ އައިސްކްރީމް ތައްޓާއި ބިލް އެކުއްޖާއަށް ދިނެވެ.
އެކުއްޖާ އައިސްކްރީމް ބޮއެ ނިމިގެން ކައުންޓަރު ކައިރިއަށް ގޮސް ބިލަށް ފައިސާ ދައްކާފައި ކެފޭ އިން ނިކުމެގެން ދިޔައެވެ. އެއިރުވެސް ވެއިޓްރެސް ހުރީ އެކުއްޖާ އެތަނަށް ދިޔައީތީ ހިތްހަމަ ނުޖެހިފައެވެ.

ކުޑަކުއްޖާ ދިޔުމުން މޭޒުމަތި ސާފު ކުރަން ވެއިޓްރެސް ދިޔައެވެ. މޭޒުމަތި ފޮޅާލާފައި، އެކުއްޖާ އައިސްކްރީމް ބޮއެ ހުސްކުރި ތަށި ނެގުމުން، ވެއިޓްރެސް އަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ.

އައިސްކްރީމް ހުސް ކުރި ތަށީގެ ކައިރީގައި "ތެންކިއު" ލިޔެފައި އޮތް ކުޑަ ނޯޓަކާއި އެކު ބާއްވާފައި އޮތީ 15 ސެންޓެވެ. ވެއިޓްރެސް ގެ ޓިޕް އެވެ. އެކުއްޖާ އަގުބޮޑު އައިސް ކްރީމް ސަންޑޭ އަކަށް އޯޑަރު ނުދީ އާދައިގެ އައިސްކްރީމް ތައްޓަކަށް އޯޑަރު ދިނީ ކީއްވެގެންކަން އެވަގުތު ވެއިޓްރެސް އަށް ވިސްނި، އަމިއްލަ ނަފްސާއިމެދު ލަދުވެތިވެ ފެންކަޅިވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ