އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކު އޭނާގެ 11 މަހުގެ ފިރިހެން ދަރިފުޅު ވިއްކާލައިފި

މީހަކު އޭނާގެ 11 މަހުގެ ފިރިހެން ދަރިފުޅު ވިއްކާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

އިންޑިއާގެ އޮދީޝާ ބަދްރަކް އަވަށުގެ ފިރިހެނަކު އޭނާގެ އުމުރުން 11 މަހުގެ ފިރިހެން ދަރިފުޅު ވިއްކާލުމުން ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ފުލުހުން ބުނި ގޮތުގައި ބާލާރާމް މުކީ ނަމަކަށް ކިޔާ މިމީހާ އޭނާގެ 11 މަހުގެ ފިރިހެން ދަރިފުޅު ވިއްކާލީ 23،000 ރުޕީސް އަށެވެ. އޭގެން 2000 ރުޕީސް އަށް މޮބައިލް ފޯނެއް އޭނާ ގަނެފައިވެއެވެ. އަދި 1500 ރުޕީސް އަށް ފައިގާ އަޅާ ރިހި ކެވެލިކޮޅެއް އޭނާ ގަތް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ކެވެލިކޮޅު އޭނާ ގަނެފައިވަނީ އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށެވެ. ފުލުހުން ބުނި ގޮތުގައި، ބާކީ ފައިސާ އޭނާ ޚަރަދު ކުރީ ރާބުއިމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވަނީ ބާލާރާމް ގެ އަންހެނުން ސުކްތީ އާއި ވެސް ސުވާލު ކޮށްފައެވެ. އެދެމަފިރިންގެ 10 އަހަރުގެ ފިރިހެން ކުއްޖެއް ވެސް ހުންނަ ކަމަށް މައުލޫމާތު ލިބިފައިވެއެެވެ.

އޮދީޝާ ބަދްރާކް ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް އަނުޕް ސަހޫ ބުނީ، ބާލާރާމް މުކީ އަކީ އާއިލާއެއް ގެންގުޅެވޭ ވަރުގެ އާމްދަނީއެއް ލިބޭ މީހެއް ނޫން ކަމަށާއި މަގުމަތި ކުނިކަހާ މީހެއްގެ ވަޒީފާ އަދާ ކުރި ކަމުގައި ވިޔަސް ޤަވައިދުން ވަޒީފާއަށް ވެސް ނުދާކަަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބާލާރާމް އާއި އެކީ މިޖަރީމާ ހިންގުމުގައި ބައިވެރިވެފައިވަނީ އޭނާގެ ޅިޔަނެއް ކަމަށްވާ ބާލިއާ އާއި އަންގަންވަޑީ ގައި މަސައްކަތް ކުރާ މީހެކެވެ. އެމީހުން އެކުއްޖާ ވިއްކާލާފައިވަނީ އުމުރުން 60 އަހަރު ފުރިފައިވާ ދުވަސްވީ ދެމަފިރިއަކަށެވެ.

އަނުޕް ސަހޫ ބުނިގޮތުގައި އުމުރުން ދުވަސްވީ އެދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، އެދަރިފުޅުގެ އުމުރުން 24 އަހަރުގައި ވަނީ މަަރުވެފައެވެ. ދަރިފުޅުގެ މަރުގެ ސަބަބުންއެއަންހެން މީހާ އަށް ނަފްސާނީ ގޮތުން އަސަރު ކުރި ކަމަށް ބުނެފައިވެއެވެ. އަދި އެހެންކަމުން، އަންހެންމީހާ ރަނގަޅު ވަންދެން ވިޔަސް ފިރިހެން ދަރިއެއް އެޑޮޕްޓް ކުރަން ހޯދާދިނުމަށް އުމުރުން ދުވަސްވީ އެދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވަނީ އެދިފައެވެ.

ބާލާރާމް ދަރިފުޅު ވިއްކާލި ކަމަށް ޝައްކު ކުރެވިގެން ފުލުހުންނަށް އެމައްސަލަ ރިޕޯޓުކުރީ އެމީހުންގެ އަވައްޓެރިއެކެވެ. އޭނާ ބުނި ގޮތުގައި، އޭގެ ކުރިން ބާލާރާމް މެންގެއިން ތުއްތު ކުއްޖެއް ރޯއަޑު އަބަދުވެސް އިވޭ ކަމަށާއި، ފުލުހުންނަށް ރިޕޯޓު ކުރީ އެއަޑު ނުއިވޭތީ ޝައްކު ވެގެންނާއި ބާލާރާމް ފޯނެއް ގެންގުޅޭތަން ފެނުމުން ޝައްކު ކުރެވިގެން ކަމަށެވެ.

މައްސަލަ ތަހުޤީޤުކޮށް ނިމެންދެން ބާލާރާމް ގެ ތިން ކުދިން ވަނީ އިންޑިއާގެ ޗައިލްޑް ޕްރޮޓެކްޝަން އޭޖެންސީ ގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ