އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެން އިސްލާމްވި ސަބަބަކީ ހުވަފެނުގަ މުޙައްމަދު (ﷺ) ފެނުން: ޢުމަރު

އަހަރެން އިސްލާމްވި ސަބަބަކީ ހުވަފެނުގަ މުޙައްމަދު (ﷺ) ފެނުން: ޢުމަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

މުސްލިމުން އެންމެ އެދޭނެ އެއްކަމަކީ އެމީހަކަށް ހުވަފެނުގައި ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ) ފެނުމެވެ. އެކަން ޙާޞިލުވަނީ ވަރަށް މަދު މީހަކަށެވެ.

މެކްސިކޯއަށް އުފަން ޢުމަރު ބުނީ އޭނާ އިސްލާމްވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ހުވަފެނުުގައި އޭނާއަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ފެނުން ކަމަށެވެ.

ޢުމަރު އެމެރިކާގައި މަސައްކަތްކުރަމުން އައީ ޢަރަބި މީހަކާއިއެކުގައެވެ. އޭނާގެ ހިތުގައި ކީރިތި ޤްރްއާނަށް ލޯބި އުފެދުނެވެ. ޢަރަބި މީހާ އުޅޭ ގޮތްވެސް ކަމުދިއައެވެ. އިސްލާމް ދީނުގެ ކަންކަމަށް ޝައުޤުވެރިކަން އުފެދި އައީވެސް އިސްލާމް ދީނުގެ މައުލޫމާތު ހޯދަމުންނެވެ.

އޭނާއަށް ނިދީގައި ހުވަފެނުން ފެނުނީ ޢަރަބިން ލާފަދަ ހެދުމެއްގައި ހުރި "މުޙައްމަދު" ކިޔާ މީހަކާއި ބައްދަލުވި ތަނެކެވެ. އަދި "މުޙައްމަދު" ގެ ދައުވަތަށް ރިހި ތަށްޓެއްގައި ރަތް އާފަލު ކާތަނެވެ.

އެ ހުވަފެނަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. ނަމަވެސް 3 ހަފްތާ ފާއިތުވިފަހުން ހުވަފެންމަތިން ހަނދާންވެގެން އެކުގައި އުޅޭ އަރަބިމީހާއަށް ކިޔައިދިނެވެ.

ޢަރަބި މީހާގެ ކިބައިން ހުވަފެނުނުގައި ފެނުނު "މުޙައްމަދު" އަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ކަން އެނގުން ވެގެން ދިއައީ އޭނާ އިސްލާމްވުމަށް މެދުވެރިވި ސަބަބުކަމަށް އޭނާ ބުނެއެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް