އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާސިމްގެ ބޭސްފަރުވާއަށް ސިންގަޕޫރުގަ މަޑުކުރައްވަން އިތުރު 10 ދުވަސް ދީފި

ޤާސިމްގެ ބޭސްފަރުވާއަށް ސިންގަޕޫރުގަ މަޑުކުރައްވަން އިތުރު 10 ދުވަސް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ޖުމްހޫރީ ޕާޓީގ ލީޑަރު ޤާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް ސިންގަޕޫރުގައި މަޑުކުރައްވަން އިތުރު 10 ދުވަހުގެ މުއްދަތެއް ކަރެކްޝަނަލް ސަރވިިސް އިން ދީފިއެވެ. މާލެއިން ފުރާ ވަޑައިގީވެސް 10 ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެއެވެ.

ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވަނީ ޤާސިމް އިބްރާހީމް ސިންގަޕޫރުގައި މަޑުކުރެއްވުމުގެ މުއްދަތު މިއަދު އިތުރުކޮށްދިންކަން ޔަޤީންކޮށްދެއްވައިފައެވެ. ނަމަވެސް ކިތައް ދުވަސްކަމެއް ވިދާޅެއް ނުވެއެވެ.

ޤާސިމް އިބްރާހީމް ބޭސްފަރުވާއަށް ސިންގަޕޫރުގައި މަޑުކުރެއްވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ޢާއިލާއިންނާއި އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން އައީ ތަކުރާރުކޮށް ކަރެކްޝަނަލް ސަރވިސްގައި އެދެމުންނެވެ.

ސިންގަޕޫރުގައި ޤާސިމް އިބްރާހީމް ބައްލަވާ ޑޮކްޓަރުން ވަނީ އެމަނިކުފާނުގެ އާލާސްކަންފުޅަށްޓަކައި ވަރަށް މުހިންމު ދެ އޮޕަރޭޝަނެއް ވަރަށް އަވަހަށް ކުރަންޖެހޭކަން ބަޔާންކުރައްވައިފައެވެ. އަދި އެ އޮޕަރޭޝަން ނުކޮށް ލަސްވާނަމަ ފުރާނަފުޅަށް ކޮންމެ ވަގުތަކުވެސް ނުރައްކާ ވެދާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް