އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީން އައްޑޫސިޓީގެ ޢުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތް މާދަމާ ހަވީރު ބާއްވަނީ

ޓީއެފްޖީން އައްޑޫސިޓީގެ ޢުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތް މާދަމާ ހަވީރު ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫސިޓީގެ ޢުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތް މާދަމާ ހަވީރު ބާއްވާނެކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

މިއަދުނޫހަށް ދއްވި ޚާއްސަ ބަސްދީގަތުމެއްގައި ޓީއެފްޖީގެ ޑިރެކްޓަރ މުޙައްމަދު މިސްތޯ ވިދާޅުވީ މި ހަރަކާތުގައި އޮންނާނީ ޢުމުރުން ދުވަސްވީ މީހުންގެ ހިނގާލުމަކާއި ކުޑަކުދިންގެ ދުވުމެއް ކަމަށެވެ.

މިސްތޯ ވިދާޅުވީ އެގޮތުން ޢުމުރުން ދުވަސްވީ މީހުންގެ ހިނގާލުމަކީ 4 ކިލޯމީޓަރުގެ ހިނގާލުމެއް ކަމަށާއި ކުޑަކުދިންގެ ދުވުމަކީ 2 ކިލޯމީޓަރުގެ ދުވުމެއް ކަމަށެވެ. އަދި މި ދެ ހަރަކާތްވެސް ފަށާނީ ކޮންވެންޝަން ސެންޓަރު ކުރިމަތިން ކަމަށެވެ.

"މިދެހަރަކާތުގެ ހުރިހާ ޖާގައެއްވެސް ވަނީ ފުލްވެފަ. ވަރަށް ބޮޑު ތަރުހީބެއް މިއީ. މިކަމަށް އައްޑޫސިޓީގެ ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން" މިސްތޯ ވިދާޅުވިއެވެ.

މީގެ އިތުރުން މިސްތޯ ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންގެ ހިނގާލުން ފަށާނީ މާދަމާ ހަވީރު 16:30 ގައި ކަމަށާއި ކުޑަކުދިންގެ ދުވުން ފަށާނީ 17:00 ގައި ކަމަށެވެ.

މި އިވެންޓު ނިންމާ ކޮންމެ ބައިވެރިއަކަށްވެސް މެޑެލް ދިނުމަށް ނިންމާފައިވާ އިރު، މި ދެ އިވެންޓުގެ ބައިވެރިންނަށް ދޫކުރާ "ރޭސް ކިޓް" ދޫކުރާނީ މާދަމާ ބާއްވާ އެކްސްޕޯގައެވެ.

"އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް މި ހަރަކާތްތަކަށް ތަރުހީބު ދިނުމަށް ވީހާވެސް ގިނަ ބަޔަކު ދިއުން. އެއީ މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ ދުވުންތެރިން. މިހާރު ޢުމުރުން ދުވަސްވީ މީހުންނަކީ މާޒީގެ ދުވުންތެރިން. އަނެއްކާ ދުނިޔޭގަ ހުރެއްޖެނަމަ ކޮންމެ މީހަކީވެސް ޢުމުރުން ދުވަސްވާނެ މީހެއް. އެހެންވީމަ މިއަދުއެބަޖެހޭ ދޮގެއްތޯ އަދުގެ ޒުވާނުން އެމީހުންނަށް އެހީވާން" މިސްތޯ ވިދާޅުވިއެވެ.

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ބާއްވާ ހަރަކާތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް