އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަރެންނަށް ރޮވެނީ ނަރަކައަށް އަހަރެމެން ވަންނަނީ އަމިއްލައަށް ކަމަށްވާތީ: މުފްތީ މެންކް

އަހަރެންނަށް ރޮވެނީ ނަރަކައަށް އަހަރެމެން ވަންނަނީ އަމިއްލައަށް ކަމަށްވާތީ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ވިދާޅުވަނީ އޭނާއަށް ކީރިތި ކުރެއްވެވެނީ މީސްތަކުން ނަރަކައަށް ވަންނަނީ އެމީހުން އަމިއްލައަށް ކަމަށްވާތީ ކަމަށެވެ.

މުފްތީ މެންކުގެ ދަރުސުން:

މީސްތަކުން ނަރަކައަށް ވަކިވަކިންނާއި ބައިބައަށް ވެއްދޭނެއެވެ. ނަރަކައިގެ ދޮރުމަތިން އެމީހުންނާއި މަލާއިކަތްބޭކަލުން ސުވާލުކުރައްވަވާނެއެވެ. މާތް ﷲ ގެ އެންގެވުންތައް އެމީހުންނަށް ނުލިބެނީތޯއެވެ! ޖަވާބުގައި އެމީހުންނަށް ބުނަން ޖެހޭނީ ﷲ ގެ އެންގެވުންތައް އެމީހުންނަށް ފޯރި ކަމަށެވެ. އެމީހުންނަށް އިހްމާލުވެވުނީކަމަށެވެ. ފަރުވާ ކުޑަކުރެވުނީ ކަމަށެވެ.

ސުބްހާނަﷲ- ވަގުތު އެވަނީ ފާއިތުވެފައެވެ.

ތިއަ ބައި މީހުންނަށް ކަންކަން ހަނދާންކޮށްދެއްވާނެ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން މިއަދަކު ވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ރަނގަޅަށް ކަލޭމެންގެ ފޯނުތައް ބަލައިފިނަމަ މާތް ﷲ ގެ އެންގެވުންތައް ހަނދުމަކޮށްދޭ އަހަރެއްގެ މައްޗަށް ލިބިފައިވާކަން އެނގޭނެއެވެ.

ސޯޝަލް މީޑިއާއަކީ ވަޅިއެއް ފަދަ އެއްޗެކެވެ. ރަނގަޅު ގޮތުގައި ބޭނުންކުރުމުން ތިބާއަށް ގިނަގުނަ ފައިދާތައް ކުރާނެއެވެ. ހަމައެފަދައިން ބަރަހަނާ ވީޑިއޯ ތަކާއި ފޮޓޯތައް ބެލުމަށާއި މުންކަރާތްތަކަށް އަރައިގަތުމަށްވެސް ބޭނުންކުރެވިދާނެއެވެ.

ހޭލާށެވެ. ހޭލުންތެރިވާށެވެ. ސޯޝަލް މީޑިއާގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ތިބާއަށް ލިބޭ ރަނގަޅު މެސެޖުތައް ކިޔައި އަމަލުކުރާށެވެ.

ނޫޙުގެފާނުގެ ޤައުމުގެ މީހުން ޣަރަޤުކުރެއްެވެވީ 950 އަހަރު އެމީހުންނަށް ނޫޙުގެފާނު ދެއްވެވި ނަޞޭޙަތް ޤަބޫލު ުކުރުމުންނެވެ. އަޅުގަނޑުމެނގެ އުމުރުކުރެވެ. ނަމަވެސް ލިބޭ މެސެޖުގެ އަދަދަށް ބަލައިފިނަމަ މާގިނައެވެ.

މިކަންކަމަށް ވިސްނާށެވެ. ތައުބާ ވާށެވެ. ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބޭށެވެ. ފާފަތަކަށް އަރައި ނުގަންނާށެވެ. އަމިއްލައަށް ނަރަކައަށް ހުށަހެޅިގަންނަ މީހަކަށް ނުވެ ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރާ މީހަކަށްވާށެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް