އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ "ރަން އިން އައްޑޫ" ގެ ދުވުންތެރިންނަށް ބިބް ދޫކޮށްފި

ޓީއެފްޖީ "ރަން އިން އައްޑޫ" ގެ ދުވުންތެރިންނަށް ބިބް ދޫކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)އިން އައްޑޫސިޓީގައި ބާއްވާ "ރަން އިން އައްޑޫ"ގެ ދުވުންތެރިންނަށް ބިބް އާއި ކިޓް ދޫކޮށްފިއެވެ.

އައްޑޫސިޓީ ހޯޯލުގައި މިއަދުން ހެނދުނު 09:00 އިން ފެށިގެން މިރޭ 21:00 އާއިހަމައަށް ކުރިއަށްދާ އެކްސްޕޯގައި ރޭސް ކިޓާއި ބިބް ދޫކުރަމުން އަންނަ އިރު، މިދުވުމެ ބައުވެރިން ތިބޭ ތަނުން ދުވާ މައިދާނަށް ހަމަޖައްސާފައިވާ ބަސްދަތުރާއިބެހޭ މަޢުލޫމާތުވެސް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުުރުން ދުވުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތުވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ޓިއެފްޖީ އިން މާލޭން ބޭރުގައި ބާއްވާ މިދުވުމުގައި ފުލް މެރަތަން، ހާފު މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުންވެސް ވަނީ ހިމަނާފައެވެ. މި ހުރިހާ ދުވުމެއްގައިވެސް އައްޑޫސިޓީގެ ހުރިހާ ރަށްތަކަކުން ދުވަން ނިންމާފައިވާ އިރު، ހުރިހާ ދުވުމެއްވެސް ނިންމާނީ ކޮންވެންޝަން ސެންޓަރު ނުވަތަ އީސީސީ އަށެވެ.

މިދުވުމުގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދުވުންތެރިން ބައިވެރިވެފައިވާ އިރު، އައްޑޫސިޓީގެ ގިނަ ދުވުންތެރިންވެސް ވަނީ ބައިވެރިވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޚް