އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވައިދާ ހިލާފަށް ކުނި އުކާ މީހުން އަންނަ މަހުން ފެށިގެން ޖޫރިމަނާ ކުރަނީ

ޤަވައިދާ ހިލާފަށް ކުނި އުކާ މީހުން އަންނަ މަހުން ފެށިގެން ޖޫރިމަނާ ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

ޤަވައިދާ ހިލާފަށް މާލޭގައި ކުނި އުކާ މީހުންނަށް އިންޒާރު ދީފައިވާ ކަމަށާއި އަންނަ އޮކްޓޯބަރ މަހުން ފެށިގެން، ޤަވައިދާ ހިލާފަށް ކުނިއުކާ މީހުން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވައިރަމެންޓް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

ކުނި އުކާލުމާއި ބެހޭ ޤަވައިދުގައިވާ ގޮތުގެ މަތިން، މާލޭގައި އަމިއްލައަށް ކުނި އުކާނަމަ އެންވައިރަމެންޓް މިނިސްޓްރީ ގައި ރެޖިސްޓްރީ ވާން ޖެހެއެވެ.

އެންވައިރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުނި އުކާލުމާއި ބެހޭ އެޤަވައިދާ ހިލާފު ވެއްޖެނަމަ އަންނަ މަހުން ފެށިގެން ޖޫރިމަނާ ކުރެވޭނެއެވެ.

މާލޭގައި އަމިއްލައަށް ކުނި އުކާލުމަށް މިހާތަނަށް 1100 އަށް ވުރެ ގިނަ މީހުން ވަނީ ރެޖިސްޓްރީވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ