އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުން ބޭނުންވަނީ އެންމެންނާ އެކުވެރިކަން- ކޮންމެ ކާފަރަކީ އަދާވާތްތެރިއެއް ކަމަށް ބަލަނީ މަދު މީހެއް: މުސްލިމް ވޯލްޑް ލީގް

މުސްލިމުން ބޭނުންވަނީ އެންމެންނާ އެކުވެރިކަން- ކޮންމެ ކާފަރަކީ އަދާވާތްތެރިއެއް ކަމަށް ބަލަނީ މަދު މީހެއް: މުސްލިމް ވޯލްޑް ލީގް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

މުސްލިމުންނަކީ އެހެން ދީންތަކުގެ މީހުންނާއިވެސް އެކުވެރި ބައެއް ކަމަށާއި ކޮންމެ ކާފަރަކީ އަދާވާތްތެރިއެއް ކަމަށް ބަލައިގެން ކަންކަން ކުރަނީ މުސްލިމުންގެތެރެއިން ވަރަށް މަދު ބައެއް ކަމަށް މުސްލިމް ވޯލްޑް ލީގުގެ ސެކެޓްރީ ޖެނަރަލް މުޙައްމަދު އަލްހްސާ ވިދާޅުވެއްޖެއެވެ.

ނިޔުޔޯކްގައި މިހާރު ކުރިއަށް އެޖަމިއްޔާގެ ބައްދަލުވުމުގައި މުޙައްމަދު އަލްހްސާ ވިދާޅުވީ މުސްލިމުންނަކީ އެހެން ދީންތަކުގެ މީހުންނަށްވެސް ހައްޤު އިޙްތިރާމް އަދާކުރާ އެކުވެރި ބައެއް ކަމަށާއި އެ އުޞޫލުތަކުން ބޭރުވެ ހަރުކަށި ފިކުރު ގެންގުޅެނީ މުސްލިމުންގެ ތެރެއިން ވަރަށް މަދު ބައެއް ކަމަށެވެ.

މުޙައްމަދު ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރު ގެންގުޅޭ މުސްލިމުންގެ އަދަދު 200،000 ވެސް ހަމަނުވާނެ ކަމަށެވެ. އެހެންކަމުން މިއީ ދުނިޔޭގެ އާބާދީގައި ހިމެނޭ 2 ބިލިއަން މުސްލިމުންގެ ނިޞްބަތުން ވަރަށް މަދު އަދަދެއް ކަމަށެވެ.

މުޙައްމަދު ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި ވަކި ދީނެއްގެ ބައަކު ދެކެ ރުޅި އައިސް ނަފްރަތުކޮށްގެން ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. ދީނީ އަޤީދާ ތަފާތުވިނަމަވެސް ކޮންމެ މީހަކީ މުސްލިމުންގެ އަދާވާތްތެރިއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި މަސައްކަތްކުރަންވީ އެންމެން ގުޅިގެން އުޅެން ކަމަށެވެ.

މުޙައްމަދު މިމޭރުމުން ވިދާޅުވެފައިވާއިރު ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލައިފިނަމަ އިސްލާމަކަށްވީތީ ނަފުރަތުކުރާ މީހުންގެ އަދަދު އެތައް މިލިއަނަށް ވަނީ އަރައިފައެވެ. އިސްލާމަކަށް ވީތީ ގޯނާ ކުރާ ނިޞްބަތް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އެމެރިކާއަކީ އެކަން އެންމެ ބޮޑަށް ހައްދުފަހަނައަޅާފައިވާ ޤައުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް