އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީޑިއޯ: ޢާއިލާއަށްޓަކައި 14 އަހަރުގަ 44 އަހަރުގެ މީހުނާ ކައިވެނިކުރަން މަޖުބޫރުވަނީ

ވީޑިއޯ: ޢާއިލާއަށްޓަކައި 14 އަހަރުގަ 44 އަހަރުގެ މީހުނާ ކައިވެނިކުރަން މަޖުބޫރުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އުމުރުން 14 އަހަރުގެ ހަނިފާއަކީ ސީރިޔާއިން ލެބަނަނަށް ހިޖުރަކޮށްފައިވާ ރިފިޔުޖީއެކެވެ. ޢާއިލާއަށް އާމްދަނީއެއް ނުލިބެއެވެ. ވަޒީފާއެއް ނުލިބެއެވެ. ތިބޭ ގޭގެ ކުލި ދެއްކެން އޮތް ހަމައެކަނި ގޮތަކީ އުމުރުން 44 އަހަރުގެ މީހެއްގެ އަންބަކަށްވުމެވެ. ގޭގެވެރި މީހާގެއެވެ.

ކައިވެނި ނުކުރާނަމަ ގެއިން ނުކުމެގެން ރިފިޔުޖިންގެ ޓެންޓަށް ދާންވީއެވެ. ކުއްޔަށް ދައްކަންޖެހޭ 250 ޑޮލަރު ދެއްކޭނެ ގޮތެއް ނެތުމުންނެވެ. ޓެންޓުގައި އުޅެންޖެހޭނީ ފިންޔާއި ހޫނުގައެވެ. ފާޚާނާ ވެސް ނުކުރެވިއެވެ.

އެކައިވެނިކުރަން ހަނީފާ ބޭނުމެއް ނޫނެވެ. ނަމަވެސް ޢާއިލާގެ ހައްޤުގައި ކައިވެނިނުކޮށް ވާނެ ގޮތެއްވެސް ނެތެވެ. ކައިވެނިކޮށްގެން އުޅެންޖެހޭނީ ކޮންފަދަ ހާލެއްގައިކަމެއްވެސް ނުއެނގޭކަން އެއީ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ދުނިޔެއަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު ރިފިޔުޖީންގެ ގޮތުގައި ތިބެންޖެހިފައިވަނީ މުސްލިމުންގެތެރެއިންނެވެ. ނަތީޖާއެއްގެ ގޮތުން ހަނީފާއަށްވުރެ ހަގު އުމުރުގެ އެތައް ލައްކަ އަންހެން ކުދިން އެދަނީ އެފަދަ ގޮތްގޮތުން ޤްރްބާން ކުރެވެމުންނެވެ.

މިޙާލަތަށް އިސްލާމީ މުޖުތަމައުގެ ކަންކަން ދިއައިރުވެސް މިކަންކަމަށް އެކަށީގެންވާ ހައްލެއް ފެންނާނެ ކަމުގެ އެއްވެސް އުންމީދެއް އަދިވެސް ނުލިބެއެވެ! ޒިންމާ އުފުލަންޖެހޭނީ ކޮންބައަކަށްބާވައެވެ!

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް