އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިބާލާގެ ހެޓްރިކާއެކު ޔުވެންޓަސް އަށް މޮޅެއް !

ޑިބާލާގެ ހެޓްރިކާއެކު ޔުވެންޓަސް އަށް މޮޅެއް !


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ސަސުއޯލޯގެ މައްޗަށް ޔުވެންޓަސްއިން ކުރިހޯދައިފިއެވެ.

ރޭގެ މެޗުން ސަސުއޯލޯގެ މައްޗަށް ޔުވެންޓަސްއިން ކުރިހޯދާފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ
.
ސަސުއޯލޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ 16 ވަނަ މިނެޓްގައި ޑިބާލާ ވަނީ ލަނޑެއް ކާމިޔާބު ކޮށް ޔުވެންޓަސްއަށް ލީޑުނަގާދީފައެވެ. ޑިބާލާ މި ގޯލު ކާމިޔާބުކުރީ ސަސުއޯލޯގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ
.
ފުރަތަމަ ހާފް ނިމުމުގެކުރިން ނަތީޖާ އެއްވަރުކޮށްލަން ސަސުއޯލޯއަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ޔުވެންޓަސްއަށް ލިބިފައެއް ނުވެއެވެ
.
ޔުވެންޓަސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޑިބާލާ ވަނީ ޔުވެންޓަސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ސަސުއޯލޯއިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ
.
މި މެޗުން ޔުވެންޓަސްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ ޑިބާލާ ވަނީ ރޭގެ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ހެދި ދެވަނަ ހެޓްރިކުކަން ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ 12 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ނަޕޯލީއަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ޔުވެންޓަސް އަތުން ބަލިވި ސަސުއޯލޯ އޮތީ އެއް ޕޮއިންޓާއެކި ލީގުގެ 17 ވަނައިގައެވެ
.
ޔުވެންޓަސް ރޭ މޮޅުވިއިރު ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީން ވެސް ރޭ ވަނީ މޮޅުވެފައެވެ. އެޓީމު މޮޅުވީ ބެނެވެންޓޯއަށް ބައްދަލުކޮށް 0-6 އިންނެވެ. މީގެއިތުރުން އޭސީ މިލާނުން ރޭ ވަނީ އުދިނޭސީގެ މައްޗަށް 1-2 އިން ކުރި ހޯދާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން