އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޯޔާއަށް އަނިޔާވެ 3 މަހަށް ކުޅުމާއި ދުރަށް !

ނޯޔާއަށް އަނިޔާވެ 3 މަހަށް ކުޅުމާއި ދުރަށް !


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

ޖަރުމަނުގެ ބަޔާން މިޔުނިކުގެ ގޯލްކީޕަރު މެނޮއެލް ނޯޔާ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުރި އޮޕަރޭޝަނަކަށް ފަހު 3 މަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެކަމަށް ބަޔާން މިޔުނިކުން ބުނެފިއެވެ.

ބަޔާންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ނޯޔާ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުރި އޮޕަރޭޝަނަކަށްފަހު 3 މަސްވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކަމަށާއި އޭނާ އޮޕަރޭޝަން ކޮށްފައިވަނީ ވާތުފައި ތިލަކަމަށެވެ.

ނޯޔާގެ ވައަތު ފައިތިލައިގެ ކަށިގަނޑަށް އަނިޔާވީ މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ކަމަށް މި ބަޔާނުގައިވެއެވެ.

އެންމެ ފަހުގެ ޗެންޕިއަން ބަޔާންގެ ގެ ގޯލް ބަލައްޓަމުން އަންނަ ނޯޔާއަށް އަށް އަނިޔާވެ ކުޅުމާއި ދުރައްދާން ޖެހިފައިވާއިރު އޭނާ އަންނަނީ ބަޔާންގައި މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން ބަޔާންގެ ގޯލް ބަލަހައްޓަނީ އޭނާއެވެ.

ބަޔާންގެ ކީޕަރު ނޯޔާ އަށް އަނިޔާވެ ކުޅުމާއި ދުރައްދާން ޖެހިފައިވާއިރު އޭނާ އަށް ކުޅުމުގެ ތެރެއަށް އެންމެ އަވަހަށްވެސް އާދެވޭނީ 2018 ވަނަ އަހަރުގެ ޖެނުއަރީގައި ކަމަށް ބަޔާންއިން ނެރުނު ބަޔާނުގައި ވެއެވެ.

ޖެހިޖެހިގެން ތިން ސީޒަނުގައި އެންމެ މޮޅު ގޯލް ކީޕަރުކަމުގެ މަގާމު ހޯދާފައިވާ ނޯޔާއަށް އަނިޔާވުމުން ދެން ބަޔާންގެ ގޯލު ބަލަހައްޓާނީ ބަޔާންގެ ބަދަލު ކީޕަރު ސީވަން އުރިޗް އެވެ.

ނޯޔާއަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހުނު އިރު، ނިމިގެން ދިޔަ ސީޒަނުގައިވެސް އޭނާ ވަނީ ހަމަ އެފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަން ނިމެންދެން ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އެފަހަރު ނޯޔާއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ އުއާޓާ ނައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭގެ ފަހުން އެނބުރި ކުޅުމުގެ ތެރެއަށް އައީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ. މިފަހަރުގެ މި ސީޒަނުގައި ނޯޔާވަނީ މިހާތަނަށް ހަތަރު މެޗެއް ކުޅެފައެވެ.

ނޯޔާގެ މި އަނިޔާއާ ގުޅިގެން މީޑިއާއާ ވާހަކަދައްކަމުން ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ވިދާޅުވީ ނޯޔާއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާނެ ޖެހުމުން ކަން ބޮޑުވާކަމަށާއި މިއީ މިފަދަ އަނިޔާއެއް ލިބި ކުޅުމާއި ދުރަށްދާން ޖެހުނު ދެވަނަ ފަހަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޯޔާއަށް ލިބުނު އަނިޔާއާއި ގުޅިގެން ކުރި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި އެހެން ކަމުން ލަސްވެގެން އަންނަ އަހަރު ޖެނުއަރީމަހުގައި ނޯޔާ އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ބެލެވޭކަމަށް ހެއިންޒް ވިދާޅުވިއެވެ.

" މިއީ ނޯޔާއަށް މިފަދަ ބޮޑު އަނިޔާއެއް ލިބުނު ދެވަނަ ފަހަރު، އެހެންކަމުން މިހާ ކައިރި ކައިރީގައި އަނިޔާލިބި ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން ކަންބޮޑުވޭ. ނަމަވެސް ލިބުނު އަނިޔާއާއި ގުޅިގެން ކުރި އޮޕަރޭޝަން ކާމިޔާބު. ލަސްވެގެން އަންނަ ޖެނުއަރީ މަހުގައި ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށް ބެލެވޭ. " ހެއިންޒް ވިދާޅުވިއެވެ.

ނޯޔާގެ އިތުރުން މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި އާޔަން ރޮބަން، ދޭވިޑް އަލަބާ އަދި ޖުއާން ބާނެޓް ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން