އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެސީގެ ހެޓްރިކާއެކު ބާސާ އަށް ބޮޑު މޮޅެއް !

މެސީގެ ހެޓްރިކާއެކު ބާސާ އަށް ބޮޑު މޮޅެއް !


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ލިއޮނަލް މެސީގެ ހެޓްރިކާއެކު ބާސެލޯނާއިން އެއިބާގެ މައްޗަށް 1-6 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ބާސާ މިވަގުތު އޮތީ ކުޅުނު 5 މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. މި މެޗުން ބަލިވި އެއިބާ އޮތީ 6 ޕޮއިންޓާއެކީ ލީގުގެ 13 ވަނައިގައެވެ. ވާދަވެރި ރެއާލް މެޑްރިޑު މިވަގުތު އޮތީ 8 ޕޮއިންޓާއެކު ލީގުގެ 5 ވަނާގައެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ވެސް ބާސެލޯނާ އިންނެވެ. މި ގޯލް މެޗުގެ 20 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީއެވެ.

މި ގޯލަށްފަހު ވެސް ބާސާއިން ދިޔައީ ރަނގަޅަށް ކުޅެ އެއިބާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ބާސާއިން ވަނީ އެޓީމުގެ ދެވަނަ ގޯލް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެނިއެލް ސުއަރޭޒްގެ އެހީތެރިކަމާއެކު ޕައުލީނިއޯއެވެ.

ދެ ގޯލްގެ ލީޑެއްގައި އޮވެ ބަސާއިން ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޑެނިއެލް ސުއަރޭޒް ވަނީ ބާސާގެ ތިންވަނަ ގޯލް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ސުއަރޭޒް މި ގޯލް ޖެހިތާ ތިން މިނެޓް ފަހުން އެއިބާއިން ވަނީ އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެއިބާއަށް މި ގޯލް ކާމިޔާބު ކޮށްދިނީ ސާޖީ އެންރިޗް އެވެ.

އެހެން ނަމަވެސް އޭގެ ދެމިނެޓު ފަހުން މެސީ ވަނީ ފުލުފުލު ދެ ގޯލް ކާމިޔާބުކޮށް ބާސާއަށް އިތުރަށް ލީޑު ފުޅާކޮށްދީފައެވެ. އެޓީމުގެ ފަހު ގޯލް މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ މެސީ ވަނީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ.

ރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ހަތަރު ގޯލާއެކީ އޭނާ ވަނީ މިފަހަރުގެ ސީޒަންގައި މިހާތަނަށް ބާސާއަށް ޖުމްލަ 9 ގޯލް ކާމިޔާބުކޮށްދީފައެވެ. މެސީއަކީ ސްޕެއިންގެ ކްލަބްތަކުގެ ތެރެއިން އެއް ކްލަބަކަށް 400 އަށް ވުރެ ގިނަ ގޯލް ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާ ވެސް މެއެވެ.

މެސީއާ ފަސް މެޗުގައި 9 ގޯލް ޖަހާ ސްކޯ ޝީޓްގެ އެއްވަނަ ހޯދާފައިވާއިރު، އޭނާއާ އެންއެ ގާތުން ވާދަކުރަމުން އަންނަ ރެއާލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މިފަހަރުގެ އާސީޒަނުގައި އަދި މިހާތަނަށް އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އެހެންކަމުން އޭނާއަށް ލީގުގައި އަދި ގޯލެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ނަމަވެސް މިރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ރޮނާލްޑޯ ކުޅޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން