އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ރާއްޖޭގެ ޢަލީ ފަޔާޒު ގަދަ 16އަށް ދަތުރުކޮށްފި

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ރާއްޖޭގެ ޢަލީ ފަޔާޒު ގަދަ 16އަށް ދަތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ރާއްޖޭގެ ޢަލީ ފަޔާޒު ގަދަ 16އަށް ދަތުރުކޮށްފިއެވެ.

ތުރުކުމެނިސްތާނުގައި ކުރިއަށްދާ މި މުބާރާތުގައި އޭނާ ގަދަ 16އަށް ދަތުރުކުރީ އެ ގޭމްސްގެ ފިރިހެނުންގެ 9 ބޯލް ޕޫލްގެ ގަދަ 32ގައި ވާދަކޮށް ބައިނަލްއަޤުވާމީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ، ކާމިޔާބީތަކެއް ހޯދާފައިވާ ކިރްގިސްތާނުގެ ސަގީންބައެވް ކަނީބެކް ބަލިކޮށްފައެވެ.

ރާއްޖޭގެ ހަތަރުވަނަ ބިލިއާޑް ކުޅުންތެރިޔާ ކިރްގިސްތާނުގެ ގަދަބާރު ބަލިކޮށްފައިވަނީ އިއްޔެ ކުޅުނު މެޗުގައި 9-7 އިންނެވެ.

އަލީ ފަޔާޒް ބަލިކުރި ސަގީންބައެވް ކަނީބެކް އަކީ ފްރީ ޕިރަމިޑް ވަރލްޑް ކަޕްގައި ރަން މެޑެއްޔަކާއި ރިހި މެޑެލް އަދި ލޯ މެޑެއްޔެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ ދެ ފަހަރު ޑައިނަމިކް ޕިރަމިޑް ވަރލްޑް ކަޕް ކާމިޔާބުކޮށް، ކޮމްބައިންޑް ޕިރަމިޑް ވަރލްޑް ކަޕްގެ ރިހި މެޑެލް ދެ ފަހަރު ހޯދާފައެވެ.

ގަދަ 16ގައި ޢަލީ ފަޔާޒް މިއަދު ނުކުންނަން ޖެހޭނީ ހޮންކޮންގެ ލޯ ހޯ ސަމްއާ ދެކޮޅަށެވެ. އަދި އެ ގޭމްސްގެ އަންހެނުންގެ 9 ބޯލް ޕޫލް އިވެންޓުގައި ވެސް ރާއްޖޭގެ ދެ ކުޅުންތެރިން ވާދަކުރާނެއެވެ.

ރާއްޖޭގެ އާމިނަތު ފާތީ ޗައިނާގެ ލިއު ޝާޝާއާ ދެކޮޅަށެވެ. އަދި ރާއްޖޭގެ އާމިނަތު އަޒްރާ ނުކުންނާނީ ޗައިނީސް ޓައިޕޭގެ ޗޯ ޗިއޭ ޔޫއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް