އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީމް އައްސޭރިއާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުން ޓީމް އެޗްކިއު ކާމިޔާބު ކޮށްފި

ޓީމް އައްސޭރިއާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުން ޓީމް އެޗްކިއު ކާމިޔާބު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ޕީއާރުސީ ފުޓްބޯޅަ ޓޯނަމަންޓް 2017” ގެ އިއްޔެގެ ހަވީރު ކުޅުނުމެޗް ޓީމް އައްސޭރިއާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުން ޓީމް އެޗްކިއު ކާމިޔާބު ކޮށްފިއެވެ.

މި މެޗްގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި އެޗް ކިއު ޓީމުގެ ހުސައިން ޞަބާހުއަށް ވަނީ ރަނގަޅު ހުސްފުރުސަތެއް ލިބި އެފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން 15 ވަނަ މިނެޓްގައި އެޗްކިއު ޓީމުގެ އަހުސަން އަލީވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ޓީމަށްލީޑު ހޯދާދީފައެވެ. ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން އެޗްކިއު ޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އައްސޭރި ޓީމުގެ ކުޅުން ވަރުގަދަކޮށް ނުރައްކާތެރި އެތައް ހަމަލާއެއްވަނީ އެޗްކިއު ޓީމުގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އެޗްކިއު ޓީމުގެ ގޯލްކީޕަރު އިސްމާލް ޝިހާމްގެ ހުށިޔާރުކަމުން އެ ހަމަލާތައް ވަނީ ދިފާއުކޮށްފައެވެ. އައްސޭރި ޓީމުގެ ހަމައެކަނި ލަނޑު ފަހު ހާފުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ ސާޖިދުއެވެ. އަދި 25 ވަނަ މިނެޓުގައި އެޗްކިއު ޓީމަށް ލިބުނު ހިލޭޖެހުމަކުން އެޓީމުގެ ހުސައިން ޞަބާހުވަނީ ލަނޑެއް ކާމިޔާބުކޮށްދީ ދެވަނަ ފަހަރު ލީޑު ނަގާދީފައެވެ.

މެޗަށްފަހު އައްސޭރި ޓީމުގެ ކޯޗް އަބްދުﷲ ރަޝާދު ވިދާޅުވީ މިއަދުގެ މެޗުގައި ބަލިވީ މޮޅަށް ކުޅެގެންކަމަށާއި ފުރަތަމަ ހާފުގައިވެސް ހުސް ހަތަރު ފުރުސަތު ލިބި ބޭނުން ނުކުރެވުނުކަމަށެވެ. އެޗްކިއު ޓީމުގެ ކީޕަރުގެ ކުޅުމަށް ތައުރީފު ކުރައްވާ ރަޝާދު ވިދާޅުވީ މިއަދުގެ މެޗުން އައްސޭރި ޓީމު މޮޅުނުވުމުގެ އަސްލަކީ އެޓީމުގެ ކީޕަރުގެ ހުށިޔާރުކަންކަމަށެވެ. ރަޝާދު އިތުރަށް ވިދާޅުވީ އައްސޭރި ޓީމުގެ ޑިފެންސް މިއަދު ތަންކޮޅެއް ބަލި ކަމަށާއި އެކަމުގެ ސަބަބުން މެދުތެރެއަށް ބާރުބޮޑުވީކަމަށެވެ.

އެޗްކިއު ޓީމުގެ ކޯޗް ވިދާޅުވީ މިއަދުގެ މެޗްގެ ނަތީޖާއާއިމެދު ހިތްހަމަޖެހޭ ކަމަށާއި އިތުރަށް ޕްރެކްޓިސް ކުރެވިއްޖެނަމަ މިއަށްވުރެން ރަނގަޅު ނަތީޖާ ނެރެވޭނެކަމަށެވެ.

މިގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްކިއު ޓީމުގެ ކީޕަރު އިސްމާލް ޝިހާމްއެވެ.

މި މުބާރާތުގެ ކުޅުން މާދަމާވެސް އޮވެއެވެ. އެ މެޗްގައި ބައްދަލުކުރާނީ މާލޭ ޕްރިޒަން އާއި މާފުށި ޕްރިޒަން އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު