އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުއްޕާމޭގައި ނަގާފައި އިން ޓިއުމަރުގެ ފަރުވާއަކަށްވީ، މާތް ﷲ ގެ އިރާދަފުޅާއިއެކު ޒަމްޒަމް ފެން

ފުއްޕާމޭގައި ނަގާފައި އިން ޓިއުމަރުގެ ފަރުވާއަކަށްވީ، މާތް ﷲ ގެ އިރާދަފުޅާއިއެކު ޒަމްޒަމް ފެން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ޒަމްޒަމް ފެނަކީ މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ މުސްލިމުންނަށް ވެސް ހުރި އެންމެ މާތް ފެނެވެ. ދުނިޔޭގައި އުފެދިފައިވާ ފެންތަކުގެ ތެރެއިން، ޒަމްޒަމް ފެނަކީ އެންމެ ސާފު ފެން ކަމުގައި ސައިންސްވެރިން ވެސް އެއްބަސްވެއެވެ.

މިއީ ބޮޒްނިއާ މީހަކަށް ދިމާވި ޙަޤީޤީ ހާދިސާއެކެވެ. އޭނާގެ ފުއްޕާމޭގައި ނަގާފައި އިން ޓިއުމަރަކުން ޝިފާ ލިބުނީ، މާތް ﷲ ގެ އިރާދަފުޅާއިއެކީ ޒަމްޒަމް ފެނުންނެވެ.

ނިހާދް ޖޭ ނަމަކަށް ކިޔާ މިމީހާގެ ފުއްޕާމޭގައި ޓިއުމަރެއް އުފެދިފައިވާކަން އެނގުނީ އޭނާގެ އުމުރުން 32 އަހަރުގައެވެ. ޓިއުމަރ ގެ ސަބަބުން އޭނާެގެ ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެ، ޑޮކްޓަރުން ވެސް އުއްމީދު ކަނޑާލިއެވެ. އަދި 2006 ވަނަ އަހަރު ޓިއުމަރ ގެ އަސަރު މުޅި ހަށިގަނޑަށް ފެތުރެން ފެށުމުން، ޑޮކްޓަރުން ބުނީ ވީހާވެސް އަވަހަށް ފުއްޕާމޭގެ ޓްރާންސްޕްލާންޓެއް ނުހަދައިފިނަމަ ނިހާދްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.

ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް ވަރަށް ގިނަގުނަ މަސައްކަތްތައް ކުރެވުނު ނަމަވެސް އެހުރިހާ ކަމެއްވީ ބޭކާރެވެ. ވަގުތު ކުޑަތަންވަމުން ދިޔައިރުވެސް ފުއްޕާމޭގެ ޓްރާންސްޕްލާންޓެއް ނުހެދުނެވެ.

އެވޭން ތަޙައްމަލު ކުރަމުން ދިޔަ ދުވަސްކޮޅު އިސްލާމު ދީނުގައި އަންގަވާފައިވާ ގޮތްތަކަށް ނިހާދް ވަރަށް ބޮޑަށް ސަމާލުވެ، އޭނާގެ އީމާންތެރިކަން ވެސް ވަރުގަދަވިއެވެ. ޖެހިފައިވާ ބައްޔަށް ޝިފާއެއް ލިބޭނެ ކަމުގެ ހުރިހާ އުންމީދެއް ކެނޑިފައިވީ ނަމަވެސް 2007 ވަނަ އަހަރު އޭނާ ނިންމީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށެވެ. އެއީ މިބިންމަތީގައި އޭނާ ބޭނުންވި އެންމެ ފަހު ކަންތަކެވެ. ނަމަވެސް ޙައްޖަށް އޭނާ ދިޔައީ، އެދަތުރުގައި އޭނާގެ ބައްޔަށް ޝިފާއެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދަކު ނޫނެވެ.

ޙައްޖުގެ މަތިވެރި އަޅުކަން ކުރުމަށް މައްކާއަށް ގޮސް ހުރި އިރު، އެތަނުން ނިހާދުއަށް އިމާމަކާއި ބައްދަލުވިއެވެ. އެއިމާމަކީ ސަރަޖީވޯ ކައިރީގައި އިންނަ އަވަށެއް ކަމަށްވާ ވިސޯކޯ ގެ އިމާމެކެވެ. ނިހާދު ފެނުމުން، އެހެން ޙައްޖާޖީންގެ ފަޔަށްވުރެ ނިހާދުގެ ފައިތިލަ ކުޑަކަން އިމާމަށް ފާހަގަވިއެވެ. އެހެންކަމުން އޭނާގެ ސިއްޙަތާއި މެދު އިމާމު ސުވާލު ކުރިއެވެ. އަދި ނިހާދު ހުރިހާ ވާހަކައެއް އިމާމަށް ކިޔާދިނެވެ.

"ތިއައީ ހަމަ އެންމެ ރަނގަޅު ތަނަށް" އިމާމު ބުންޏެވެ. ބަލިތަކަށް ފަރުވާ އެއްގެ ގޮތުން ޒަމްޒަމް ފެނުގައި އެކުލެވޭ މާއްދާތައް ކިޔާ ދިނުމަށްފަހު، އިމާމު ބުނީ ޒަމްޒަމް ފެން ބުއިމަށެވެ. ނަމަވެސް ބޯއިރު، އެބައްޔަށް ފަރުވާ ލިބޭތޯ ނިޔަތް ގަތުމަށްފަހު ޒަމްޒަމް ފެން ބޯން އިމާމު ނަސޭޙަތްތެރިވިއެވެ.

މުޅިއަކު ހަ ރެއާއި ހަ ދުވަސް ވަންދެން ހަމައެކަނި ޒަމްޒަމް ފެން ބުއިމަށްފަހު އަނބުރާ ޤައުމަށް ނިހާދު ދިޔައެވެ. ޤައުމަށް ދިޔުމަށްފަހު ޑޮކްޓަރަށް ދައްކަން ދިޔައީ ޗެކަޕް އަކަށެވެ. ނިހާދުގެ ޓެސްޓުތައް ހެދުމަށްފަހު، ޑޮކްޓަރުންނަށް ވެސް ލިބުނީ ޝޮކެކެވެ. ނިހާދުގެ ފުއްޕާމޭގައި އުފެދިފައިވާ ޓިއުމަރ ވަނީ އެއްކޮށް ފިލައިގެން ގޮސްފައެވެ.

މާތް ﷲ ގެ އިރާދަފުޅާއިއެކު މިހާރުވެސް ނިހާދު ދުނިޔޭގައި އެބަހުއްޓެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ