އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭތެރެ ހަޑިކަމުން ކާރެއްގައި ދިރިއުޅެމުން ދިޔަ އުމުރުން ދުވަސްވީ މީހަކަށް އަވައްޓެރިން އެހީތެރިވެއްޖެ

ގޭތެރެ ހަޑިކަމުން ކާރެއްގައި ދިރިއުޅެމުން ދިޔަ އުމުރުން ދުވަސްވީ މީހަކަށް އަވައްޓެރިން އެހީތެރިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އުމުރުން 71 އަހަރުގެ ޓްރެސާ ހަރނަންޑައިޒް އަކީ އަތްފައިގާ ބާރު ނެތުމުގެ ސަބަބުން، ބުރަ މަސައްކަތް ނުކުރެވޭ މީހެކެވެ. ފިރިމީހާ މަރުވެފައިވުމުގެ ސަބަބުންނާއި ދަރިއަކު ނެތުމުގެ ސަބަބުން އަބަދުމެ ޓްރެސާ ދިރިއުޅެމުން ދިޔައީ އެކަނިވެރިކޮށެވެ.

ނަމަވެސް އަމިއްލައަށް ކަންތައްތައް ނުކުރެވޭ ވަރަށް ބަލިވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން ގޭތެރެ ހަޑިވުން ފަދަ ކަންކަން ވާން ފެށިއެވެ. ޓްރެސާއަށް އަމިއްލައަކަށް ގޭތެރެ ސާފު ނުކުރެވުމާއި، ގެއިން ކަރަންޓު ކެނޑުމުގެ ސަބަބުން، އަމިއްލަ ގޭގައި ދިރިއުޅެން ޓްރެސާއަށް އުނދަގޫވިއެވެ. އެހެންކަމުން ދެން ޓްރެސާ ދިރިއުޅެން ފެށީ އޭނާގެ ކާރުތެރޭގައެވެ.



އެގޮތުގައި ދިރިއުޅޭތާ ހަތަރު ވަރަކަށް މަސް ފަހުން، ޓްރެސާގެ އަވައްޓެރިއަކަށް ޖަސްޓިން އަށް ޓްރެސާ ފެނުމުން، ފަސްޖެހުމެއް ނެތި އޭނާ ޓްރެސާއަށް އެހީތެރިވެދިނެވެ. އަލަށް އެއަވަށަށް ދިޔަ ޖަސްޓިން ބުނިގޮތުގައި، ކާރު ތެރޭގައި ޓްރެސާ ނިދާތަން ފެނުމުން އޭނާގެ ހިތައް ތަދުވީއެވެ. އެއީ ޓްރެސާއަކީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާތީ، ޖަސްޓިން ގެ އަމިއްލަ މަންމަ ނުވަތަ މާމަފަދަ މީހެއް ކަމަށް ވާތީ ކަމަށް ވެސް ޖަސްޓިން ބުންޏެވެ.

ކާރުގައި ނިދަނީ ކީއްވެތޯ ޓްރެސާ ގާތު އަހާ އޮޅުން ފިލުވުމުން އޭނާގެ ވާހަކަ ކިޔާދިނެވެ. އެވާހަކަތައް އަޑުއަހާފައި ޖަސްޓިން އަށް ކެތް ނުވެގެން، "ޕޭ އިޓް ފޯވަޑް" ނަމަކަށް ކިޔާ އެފްބީ ޕޭޖެއް ހުޅުވިއެވެ. އެޕޭޖުގެ ޒަރީޢާއިން ކައިރި އަވައްޓެރިންނާއި އެހެން މީހުންގެ އެހީތެރިކަން ލިބުނެވެ. އަދި ޖަސްޓިން އާއި އެހެން ބައިވަރު ފަރާތްތަކުން އެއްވެގެން ޓްރެސާ އަށް އޭނާގެ ގެ ސާފުކޮށްދީ މަރާމާތުވެސް ކޮށްދިނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ