އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެލްސީ، ޔުނައިޓެޑް އަދި އާސެނަލް ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި

ޗެލްސީ، ޔުނައިޓެޑް އަދި އާސެނަލް ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރަށް ސިޓީ، ޗެލްސީ ، މެންޗެސްޓަރ ޔުނައިޓެޑް އަދި އާސެނަލް ދަތުރުކޮށްފިއެވެ.

ވެސްޓްބްރޮމްގެ މައްޗަށް 2-1 އިން ކުރި ހޯދާ މެންޗެސްޓަރ ސިޓީ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރިއިރު މި މެޗުގައި ސިޓީން ކާމިޔާބުކުރި ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ.

ވެސްޓްބްރޮމްގެ ގޯލު ކާމިޔާބުކޮށްދިނީ ޔަކޮބްއެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގައި ސިޓީ ބައްދަލުކުރާނީ ވުލްވްސްއާއެވެ.

ޗެލްސީ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި ނޮޓިންގްހަމް ފޮރެސްޓާ ބައްދަލުކުރި މެޗު 1-5 އިން ކާމިޔާބުކޮށްގެންނެވެ.

ޗެލްސީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ކެނެޑީއެވެ. އަދި ދެވަނަ ގޯލު ބަޓްޝުއާއީ ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެކުރިން ޗާލީ މުސޮންޑާ ވަނީ އިތުރު ގޯލެއް ޖަހާ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފްގައި ޗެލްސީން ކާމިޔާބު ކުރި ދެގޯލްވެސް ކާމިޔާބުކޮށްދިނީ ބަޓްޝުއާއީއެވެ. ނޮޓިންގްހަމް ފޮރެސްޓުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ އެންމެފަހު މިނެޓްގައި ޑަރިކްވާއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގައި ޗެލްސީން ބައްދަލުކުރާނީ އެވަޓަންއާއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ހަތަރުވަނަ ބުރަށް ދަތުރުކުރީ ބާޓަން އަލްބިއަންއާ ބައްދަލުކުރި މެޗު 1-4 އިން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ރަޝްފޯޑްއެވެ. އަނެއް ދެ ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ލިންގާޑް އާއި މާޝިއަލްއެވެ. ބާޓަންގެ ހަމަ އެކަނި ގޯލު ކާމިޔާބުކޮށްދިނީ ޑަޔާއެވެ.

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ސްވެންސީ ސިޓީއާއެވެ.

އާސެނަލް ހަތަރުވަނަ ބުރަށް ދަތުރުކުރީ ޑޮންކެސްޓާ ރޯވާސްއާ ބައްދަލުކުރި މެޗު 0-1 އިން ކާމިޔާބުކޮށްގެންނެވެ. އާސެނަލްއިން މި މެޗުގެ ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓްއެވެ. ހަތަރުވަނަ ބުރުގައި އާސެނަލް ބައްދަލުކުރާނީ ނޯވިޗް ސިޓީއާއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން