އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒާހިލް ގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް، އާއިލާއިން އެދެނީ ހެޔޮ ދުޢާ ކޮށްދިނުމަށް.

ޒާހިލް ގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް، އާއިލާއިން އެދެނީ ހެޔޮ ދުޢާ ކޮށްދިނުމަށް.

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ގޮތް ނޭނގޭ ބައްޔެއް ޖެހި، އިންފެކްޓް ވުމުގެ ސަބަބުން ނުކެވި އެތަކެއް ވޭނެއް ތަޙައްމަލު ކުރަމުންދާ ހދ. ނެއްލައިދޫ އަށް އުފަން އިބްރާހިމް ޒާހިލް ގެ ހާލު ވަރަށް ސީރިއަސްވެ، ސިކުނޑި މަރުވެފައިވާ ކަމަށާއި ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތް ކަމަށް އަދި ޑޮކްޓަރުންވެސް މިހާރު އުންމީދު ކަނޑާލައިފި ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާއިން ވާހަކަ ދެއްކި މީަކު ބުނެފައިވަނީ، ޒާހިލްގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށާއި މުޅި ހަށިގަނޑުގައި ޖަރާސީމު އުފެދިފައިވުމުގެ ސަބަބުން ހާލު ވަރަށް ސީރިއަސް ވެފައިވާ ކަމަށެވެ. އަދި ޒާހިލް އަށް ޖެހިފައިވާ ނިއުމޯނިއާގެ މައްސަލަވެސް ވަރަށް ބޮޑުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް އޭނާ ބުނެފައިވެއެވެ.

ހާލު ސީރިއަސްވުމުގެ ސަބަބުން އެއްވެސް ތަނަކަށް ޒާހިލް ނުގެންދެވޭނެ ކަމަށް ޑޮކްޓަރުން ބުނިކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޒާހިލް އަށް މިހާރު ފަރުވާ ދެމުން ގެންދަނީ ކޮޗިންގެ ހޮސްޕިޓަލެއްގައެވެ. ރާއްޖެ ގެންދަން މީގެ ކުރިން ޑޮކްޓަރުން ލަފާ ދިން ނަމަވެސް، ހާލު ގޯސް ވުމުގެ ސަބަބުންނާއި އެއްވެސް ތާކަށް ނުގެންދެވޭނެ ކަމަށް ޑޮކްޓަރުން ބުނުމުން މިހާރު ރާއްޖެ ގެނެވެން ނެތް ކަމަށާއި އިތުރު ފަރުވާއަށް ހައިދަރްއާބާދަށް ވެސް ގެންދެވެން ނެތެވެ.

"މިއަދު ޒާހިލްގެ ހާލު ވަރަށް ދެރަ، ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނުކުރޭ. ހަމައެކަނި ވެންޓިލޭޓަރުގައި އޮތްކަން. މިއަދު ބަލާފައި އެބުނީ ސިކުނޑި ވެސް މަރުވެފައިވާ ކަމަށް. ޒާހިލަށް އެންމެންގެ ހެޔޮ ދުޢާ ކޮށްދިނުން އެދެން" އާއިލާއިން ވާހަކަ ދެއްކި މީހާ އެދިފައިވެއެވެ.

ގޮތް ނޭނގޭ މިބަލި ޒާހިލް ތަޙައްމަލު ކުރަމުންދާތާ މިހާރު 18 އަހަރު ވެއްޖެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް

Ali 2017-09-21 16:11:16

Sorry..not H.Alif..its H.dh nellaidhoo

Rehendi 2017-09-21 18:50:42

Zaahil ah heyo rahmaiy lavvaashi aameen

2017-09-21 19:29:29

ރޮވިއްޖެ. އާާއިލާ އަށް ކެއްތެރިކަން ދެއްވާށި އަދި އެކުއްޖާ ފުޅައް މާތްﷲ ރަހުމަތް ލައްވާށި އާމީން

Thash 2017-09-21 20:55:53

أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ
"I ask Allah who is the Lofty and the Lord of the Mighty Throne that He cures you"
Prophet Mohammad (SAW.) said that by reciting this dua seven times, the ill person will regain his health and if death occurs then that (death) is a different issue (i.e. death is written it cannot be prevented).

(Mishkat)

Ahmed 2017-09-21 22:32:42

Thats not haa alif... h.dh nellaadhoo

2017-09-21 23:40:31

Haa alif ga nehlaidhoo eh onna kameh neynge.zaahil ah heyo rahumaiy lavvaashi.Aameen

މަރިޔަމް ވަހީދާ