އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޔޯރީ ފޭސް ޖަމްޢިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

ފިޔޯރީ ފޭސް ޖަމްޢިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް ޖަމްޢިއްޔާ) އިން "ފޭސް އެކަޑަމީ" ނަމުގައި ފިޔޯރީގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފިއެވެ.

ކުޑަކުދިންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި އުފެއްދި މި އެކަޑަމީ ފެށުމުގެ ގޮތުން ފިޔޯރީ ފުޓްބޯޅަ ސްޓޭޑިއަމްގައި އިއްޔެވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

7 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންންނަށް އަމާޒުކޮށްގެން ފެށި މި އެކަޑަމީގައި 40 ކުދިން ބައިވެރިވެފައިވެއެވެ.

ފޭސް އެކަޑަމީގައި ކޯޗުންގެ ގޮތުގައި ޙަރަކާތްތެރިވަނީ އޭ.އެފް.ސީ ސީ ލައިސަންސް ކޯޗިންގ ފުރިހަމަކޮށްފައިވާ ފިޔޯރީއަށް ނިސްބަތްވާ 2 ކޯޗުންނެވެ.

ޓްރެއިނިންގތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު ފެށި މި އެކަޑަމީގައި ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފީ އެއް ނުނަގާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ. މި އެކަޑަމީގެ މެއިން ސްޕޮންސަރުންނަކީ ޖަރޒީ ވިއްކުމުގައި މަޝްހޫރު ފިހާރައެއްކަމުގައިވާ "ވައިޓް ރެބިޓް ސްޕޯޓްސް" އެވެ.

ފޭސް ޖަމްޢިއްޔާއަކީ 2012 ވަނަ އަހަރުން ފެށިގެން ފިޔޯރީގެ އިޖްތިމާޢީ ތަރައްޤީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. މި ގޮތުން އެ ޖަމްޢިއްޔާއިން ދަނީ ފިޔޯރީގައި ޤުރުއާން ކްލާހެއް ހިންގަމުންނެވެ. އަދި ފިޔޯރީ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފިޔޯރީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.






ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް