އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠާނާ ރަނގަޅު މަގު ހުއްޓުވާނެ، ނުބައި މަގު ދައްކާނެ- އަޒީބެ

ޝައިޠާނާ ރަނގަޅު މަގު ހުއްޓުވާނެ، ނުބައި މަގު ދައްކާނެ- އަޒީބެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ޝައިޠާނާ ނުވަތަ އިބިލީހުގެ ވަސްވާހުން ސަލާމަތްވުމަށާއި، އިންސާނުންގެ ބޮލުތެރެއަށް ޝައިޠާނާ ވަންނާނެ އެކިއެކި ގޮތްތައް އައްޝައިޚް ޢަބްދުﷲ އަޒީޒް (އަޒީބެ) ހަނދުމަކޮށް ދެއްވައިފިއެވެ.

އިއްޔެ މަސްޖިދުއް ފުރްޤާންގައި ޢަސްރު ނަމާދަށްފަހު، އަޒީބެ ދެއްވި ދަރުހެއްގައި ވިދާޅުފައިވަނީ ރަނގަޅު މަގު ހުއްޓުވާ، ނުބައި މަގު ދެއްކެވުުމަކީ ޝައިޠާނާގެ މަސައްކަތެއް ކަމަށެވެ. އެޝައިޠާނާ އަބަދުވެސް އިންސާނުންނަށް ފަޤީރު ވެދާނެ ކަމުގެ ބިރު ދައްކަވާނެ ކަމަށާއި ނުބައި ނުލަފާ މަގު ދައްކަވާނެ ކަމަށް ވެސް އަޒީބެ ހަނދުމަ ކޮށްދެއްވިއެވެ.

"ނުބައި ކަންތައްތައް އެއީ ވަރަށް ރަނގަޅު ކަމެކޭ ޝައިޠާނާ ބުނާނެ. އެއީ ނުބައި ކަމެއްކަމަށް އަމުރު ކުރައްވާފައިވާއިރު ޝައިޠާނާ، އެކަމަކީ ޒީނަތްތެރި ކަމެއް ކަމުގައި ދައްކަވާނެ އަދި އެއިންސާނާއަކީ ޒުވާނެއް ކަމުގައިވާނަމަ ބުނާނެ 'ވަރަށް ގައްޑާ ކަމެކޭ އެއީ، އެކަން ކޮށްލާށޭ ކޮށްލާށޭ. އެކަން ވާނޭ ކުރަން' އިންސާނާ އަމިއްލައަށް ޖެހޭނީ ކޮންޓްރޯލް ކުރަން. އޭތި (ޝައިޠާނާ) ކޮންޓްރޯލް ކުރުމުގެ ބާރު އިންސާނާއަށް ލިބިގެންވޭ. ބިރުގަނެގެން މަސައްކަތް ކުރަން ޖެހޭނީ. ކިހިނެއް މަސައްކަތް ކުރާނީ؟ ކޮންމެ ނުބައި ވަސްވާހެއް އަންނައިރު އެއިން ދުރުވުމަށް ހިތްވަރު ކުރަން ޖެހޭނީ." އަވީބެ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އަޒީބެ ވިދާޅުވެފައިވަނީ، މިފަދަ ވާހަކަތަކަކީ ކުދިކުދި ވާހަކަތައް ނޫން ކަމަށާއި އިންސާނުން އަމިއްލަ ނަފްސު ތަރުބިއްޔަތު ކުރަން އެބަ ޖެހޭ ކަމަށެވެ.

"އަހަރުމެންގެ ނަފްސު ތަރުބިއްޔަތު ކުރާނީ، އަހަރުމެންގެ ނަފްސު ކޮންޓްރޯލް ކުރާނީ މާތް ﷲ سُبْحَانَهُ وَ تَعَالَى އާއި ރަސޫލާ صلى الله عليه وسلم އެންގެވި ގޮތަށް" އަޒީބެ ހަނދުމަ ކޮށްދެއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ