އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޭސް ޖަމްޢިއްޔާ އިން "ފޭސް އެކަޑަމީ" ގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

ފޭސް ޖަމްޢިއްޔާ އިން "ފޭސް އެކަޑަމީ" ގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް ޖަމްޢިއްޔާ) އިން "ފޭސް އެކަޑަމީ" ނަމުގައި ފިޔޯރީގައި ފުޓްބޯޅަ އެކަޑަމީއެއް ފަށައިފިއެވެ.

ކުޑަކުދިންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް، ޕްރޮފެޝަނަލް ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި އުފެއްދި މި އެކަޑަމީ ފެށުމުގެ ގޮތުން ފިޔޯރީ ފުޓްބޯޅަ ސްޓޭޑިއަމްގައި އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. 7 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންންނަށް އަމާޒުކޮށްގެން ފެށި މި އެކަޑަމީގައި 40 ކުދިން ބައިވެރިވެފައިވެއެވެ.

ފޭސް އެކަޑަމީ ގައި ކޯޗުންގެ ގޮތުގައި ޙަރަކާތްތެރިވަނީ އޭ.އެފް.ސީ ސީ ލައިސަންސް ކޯޗު ފުރިހަމަކޮށްފައިވާ ފިޔޯރީއަށް ނިސްބަތްވާ 2 ކޯޗުންނެވެ. ޓްރެއިނިންގތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު ފެށި މި އެކަޑަމީގައި ބައިވެރިވާ ކުދިންގެ އަތުން އެއްވެސް ފީ އެއް ނުނަގާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ. މި އެކަޑަމީގެ މެއިން ސްޕޮންސަރުންނަކީ ޖަރޒީ ވިއްކުމުގައި މަޝްހޫރު ފިހާރައެއްކަމުގައިވާ "ވައިޓް ރެބިޓް ސްޕޯޓްސް" އެވެ.

ފޭސް ޖަމްޢިއްޔާއަކީ 2012 ވަނަ އަހަރުން ފެށިގެން ފިޔޯރީގެ އިޖްތިމާޢީ ތަރައްޤީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. މި ގޮތުން އެ ޖަމްޢިއްޔާއިން ދަނީ ފިޔޯރީގައި ޤުރުއާން ކްލާހެއް ހިންގަމުންނެވެ. އަދި ފިޔޯރީ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ފިޔޯރީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު