އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮރާޓާގެ ހެޓްރިކާއެކު ޗެލްސީ މޮޅުވެއްޖެ

މޮރާޓާގެ ހެޓްރިކާއެކު ޗެލްސީ މޮޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސްޓޯކް ސިޓީއާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗު ޗެލްސީން ކާމިޔާބުކުރީ ސްޓޯކް ސިޓީއާ ވާދަކޮށް 0-4 ގެ ނަތީޖާއިންނެވެ.

މި މޮޅާއެކު ޗެލްސީ އޮތީ 13 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް އަދި ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވެސް 16 ޕޮއިންޓް ލިބިފައިވާއިރު ލީގުގެ އެއްވަނަ ސިޓީއަށް ލިބެނީ ގޯލުގެ ތަފާތުންނެވެ.

ސްޓޯކްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ލަނޑެއްޖަހާ ލީޑުނަގާފައެވެ. އަޒްޕެލިކުއެޓާ ދިން ޕާހަކުން މި ގޯލު މެޗުގެ ދެވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްވަރޯ މޮރާޓާއެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ޕެޑްރޯ ރޮޑްރިގޭޒް ޖަހައިދިން ލަނޑުން ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެގެން ޗެލްސީން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، މެޗުގެ 77 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީވެސް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަލްވާރޯ މޮރާޓާއެވެ.

މެޗުގެ 82 ވަނަ މިނެޓްގައި މޮރާޓާ ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް މި މެޗުގައި ފުރިހަމަކޮށްފައެވެ. މިއީ ޗެލްސީއަށް ބަދަލުވިފަހުން މޮރާޓާ ހެދި ފުރަތަމަ ހެޓްރިކެވެ. އަދި ލީގުގައި މޮރާޓާ ކާމިޔާބު ކުރި 6 ވަނަ ލަނޑުވެސް މެއެވެ.

ޗެލްސީން ލީގުގައި ދެން ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން