އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިޑްނައިޓް ރަންގައި ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހަށް ހުޅުވާލައިފި

މިޑްނައިޓް ރަންގައި ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހަށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

މިޑްނައިޓް ރަންގައި ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހަށް ހުޅުވާލައިފިއެވެ.

މި ދުވުން އިންތިޒާމުކުރުމުގައި އިސްކޮށްއުޅުއްވާ އޮފިޝަލަކު މިއަދުނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މިއަހަރުގެ ދުވުން އަންނަ އޮކްޓޯބަރ މަހުގެ 19 ވާ ބްރާސްފަތިދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ. އަދި ބައިވެރިވުމުގެ ފުރުޞަތު 10 އޮކްޓޯބަރ ވާ އަންގާރަ ދުވަހާއިހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިދުވުން ބާއްވާނީ މާލޭގައި ކަމަށާއި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ދުވުމުގައި ތަފާތުތަކެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން 10 އަހަރުންދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ކިޑްސް ސްޕްރިންޓާއި ހިނގަން ނުވަތަ ދުވަން އަލަށް ފަށައިގަންނަމީހުންނަށް 10 ކިލޯމީޓަރު ހިނގުން ހިމަނާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަހަރުވެސް އޮންނާނީ 21 ކިލޯމީޓަރު (ހާފު މެރަތަން)، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުން. ދެން އިތުރަށް މިބާއްވަނީ ކިޑްސް ސްޕްރިންޓާއި 10 ކިލޯމީޓަރުގެ ހިނގާލުން" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މިހާރުވެސް ވަރަށްގިނަ މީހުން ބައިވެރިވެފައިވާ ކަމަށާއި އެހެންނަމަވެސް ބައިވެރިވުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިޑްނައިޓް ރަން މިއަހަރު ބޭއްވުމަށް ތިން ފަހަރެއްގެމަތިން ތާރީޚު ކަނޑައަޅާފައިވީ ނަމަވެސް، އެކިސަބަބުތައް މެދުވެރިވުމުގެ ސަބަބުން އެ ތާރީޚުތަކަށް ވަނީ ބަދަލުގެނެސްފައެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް