އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖިރޮނާ އަތުން މޮޅުވެ ބާސާ ލީގުގެ ހަވަނަ މޮޅު ހޯދައިފި.

ޖިރޮނާ އަތުން މޮޅުވެ ބާސާ ލީގުގެ ހަވަނަ މޮޅު ހޯދައިފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު



ސްޕެނިޝް ލަލީގާގައި ރޭ ޖިރޮނާ އަތުން މޮޅުވެ ބާސެލޯނާ ލީގުގެ ހަވަނަ މޮޅު ހޯދައިފިއެވެ.

ބާސެލޯނާމިމެޗުންމޮޅުވެފައިވަނީޖިރޮނާގެމައްޗަށް 0-3 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.

ޖިރޮނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސެލޯނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ބާސާއިން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އެހެން ނަމަވެސް މިއީ ގިރޯނާގެ ކުޅުންތެރިއެއް ކަމުގައިވާ ފްރެންޗެސް އަޑާއި އަތުން ބައިކޮޅަށް ބަތް ލަނޑެކެވެ.

މި ލަނޑާއެކު ލީޑުގައި އޮވެ ބާސާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހުހާފުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑުފުޅާކޮށްފައެވެ. މި ލަނޑަކީވެސް ޖިރޮނާގެ އިރާއީޒޯޒް އަތުން ބައިކޮޅަށްވަތް ލަނޑެކެވެ.
ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ 69 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިނަތީޖާއާއެކު ބާސެލޯނާ ވަނީ އެޓީމު ކުޅުނު 6 މެޗުން 18 ޕޮއިންޓް ހޯދާފަ ތާވަލުގެ އެއްވަނާގައި ހަމަ ޖެހިލާފައެވެ. އަދި ދެވަނައިގައި 14 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރުއެންމެފަހުގެޗެމްޕިއަންރެއާލްމެޑްރިޑްއޮތީ 11 ޕޮއިންޓާއެކުހަތަރުވަނާގައެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މަލާގާ އަދި އެތްލެޓިކޯ ކުލަބު ބައްދަލުކުރި މެޗު ވަނީ 3-3 އިން އެއްވަރުވެފައެވެ. އަދި އެތްލެޓިކޯ މެޑްރިޑު 0-2 އިން ސެވިއްޔާގެ މައްޗަށް ކުރި ހޯދިއިރު ރެއާލް މެޑްރިވެސް ވަނީ އަލްވޭސް އަތުން 1-2 އިން މޮޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ޢަބްދުލްޙައްނާން