އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އދ. ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހައި-ލެވަލް ރައުންޑް-ޓޭބަލް އިވެންޓުގައި ޖެންޑަރ މިނިސްޓަރ ބައިވެރިވެވަޑައިގެންފި

އދ. ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހައި-ލެވަލް ރައުންޑް-ޓޭބަލް އިވެންޓުގައި ޖެންޑަރ މިނިސްޓަރ ބައިވެރިވެވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

އދ. ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހައި-ލެވަލް ރައުންޑް-ޓޭބަލް އިވެންޓުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.

އެކަމަނާ ބައިވެރިވެވަޑައިގެންނެވީ އިޤުތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން އ.ދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ހައި-ލެވަލް ރައުންޑް-ޓޭބަލް އިވެންޓުގައެވެ.

މި ބައްދަލުވުމުގައި މިންތީ ތަފާތުކުރުން އަދިވެސް ދުނިޔޭގައި އޮތްކަން ފާހަގަކޮށް، އިޤުތިޞާދީގޮތުން އަންހެނުން ބާރުވެރި ކުރެވިއްޖެނަމަ އިޤުތިޞާދަށާއި މުޖުތަމަޢުއަށް ލިބޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮސްފައެވެ.

އެގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ ދިވެހި ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި އަންހެނުންގެ ލީޑަރޝިޕް އިތުރުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ކޮމިޝަންތަކާއި ކުންފުނިތަކުގެ މެނޭޖިންގ ބޯޑުތަކުގައި މަދުވެގެން 30 އިންސައްތަ އަންހެނުން ތިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2014 ވަނަ އަހަރު ހަމަޖައްސަވައިފައިވާކަން މިނިސްޓަރ ޒެނީޝާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސަރުކާރުން ޚާއްޞަ ލޯނު ސްކީމެއް ތަޢާރަފުކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ތަމްރީނުތަކާއި ވޯކްޝޮޕްތައް ރަށު ފެންވަރުގައި ކުރިއަށް ގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރަމުން ދާ މަސައްކަތްތަކުގައި ލަފައާއި އިރުޝާދު ދިނުމަށް "ކައުންސިލް ފޮރ އެކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން"ގެ ނަމުގައި ކައުންސިލެއް އުފައްދަވައިފައިވާކަމުގެ މަޢުލޫމާތުވެސް އެކަމަނާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ހައި-ލެވަލް ޕެނަލްގެ ފަރާތުން އެރުވި ޚިޔާލާއެއްގޮތަށް، އިޤުތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުވުމުގައި ހުރި ހުރަސްތައް ނައްތާލައި، މިކަމުގައި އެއްވެސް ފަރުދަކު ބާކީނުވާނޭގޮތަށް، މުޖުތަމަޢުގައި އެންމެ ބޮޑަށް އެކަހެރިކުރެވިފައިވާ އަންހެނުންވެސް ޝާމިލުކޮށްގެން ކުރިއަށްދިޔުމަށް ނިންމުނެވެ.

މި ސައިޑް-އިވެންޓުގެ ރިޔާސަތު ބަލަހައްޓަވައިފައިވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ އެންޓޯނިއޯ ގުޓެރޭސް އެވެ. އަދި ކީ-ނޯޓް ސްޕީކަރުންގެ ތެރޭގައި ކޮސްޓަރީކާގެ ރައީސް މިސްޓަރ ލުއިސް ގުއިލަރމޯ ސޯލިސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އަދި އެކްޒެކިއުޓިވް ޑިރެކްޓަރ އޮފް ޔޫއެން ވިމެން މިސް ޕުމްޒިލީ މްލަމްބޯނެކޫގާ ހިމެނިވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް