އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހަކު ހައްޔަރު ކޮށްފި

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު މީހަކު ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޖަމާޢަތާއި ގުޅިގެން ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހެއް ހައްޔަރު ކޮށްފިއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދޭން ތައްޔާރުވަމުން ދަނިކޮށް އެމީހާ ހައްޔަރުކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރ މަހުގެ 14 ވީ ބުރާސްފަތި ދުވަހުއެވެ. މިމައްސަލައާއި ގުޅިގެން އެއްވެސް ރަސްމީ އިދާރާއަކުން ބަހެއް ލިބޭ ގޮތް އަދި ނުވި ނަމަވެސް، އެމީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޓެރަރިސްޓު ހަމަލާތައް ރާއްޖެއިން ބޭރުގައި ގިނަވަމުން ދާތީ، އެމްއެންޑީއެފް އިން ވަނީ އިއްޔެއިން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހަތިޔާރާއިއެކު ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް އެއީ، ޓެރަރިސްޓް ހަލަމާއެއް ރާއްޖެއަށް ދޭނެ ކަމުގެ އިންޒާރެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ވަރަށް ފަހުން، މެލޭޝިއާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައިވެސް ދިވެހިންތަކެއް ވަނީ ހައްޔަރުކޮށް ރާއްޖެ ގެނެސްފައެވެ. ނަމަވެސް މިހާރު އެމީހުން ދޫވެފައި ތިބިކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ