އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިލެތްފައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް ފޭދޫއިން ޖަނަރޭޓަރެއް ގެނެވޭތޯ ބަލަނީ

ބިލެތްފައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް ފޭދޫއިން ޖަނަރޭޓަރެއް ގެނެވޭތޯ ބަލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ށ. ބިލެތްފައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އެއަތޮޅު ފޭދޫއިން ޖަނަރޭޓަރެއް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ބިލެތްފަހީ ކައުންސިލުގެ މެމްބަރަކު ވިދާޅުވީ އެންމެ ފުރަތަމަ ބެލީ އެއަތޮޅު ފޯކައިދޫގައި ހުރި ޖަނަރޭޓަރެއް ގެނެސް ރައްޔިތުންނަށް ކަރަންޓު ދިނުމަށް ކަމަށެވެ. ނަމަވެސް ފޯކައިދޫ ރައްޔިތުން އެކަމާދެކޮޅު ހަދާފައިވާ ކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީގެ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ އެއްކޮށް އަނދާހުލިވެފައިވާ އިރު، ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އަދި ގިނަ ރައްޔިތުން ގިނަވަގުތު މިހާރު ހޭދަކުރަމުންދަނީ އަތިރިމަތީގައި ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.

ފޭދޫއިން ޖަނަރޭޓަރެއް ގެނެސްގެންވެސް މިރޭ ކަރަންޓު ދެވޭނެކަމާއިމެދު ޝައްކުއުފެދިފައިވާ އިރު، އަމިއްލަ މީހުން ގެންގުޅޭ ޖަނަރޭޓަރުތަކުން ބައެއް މީހުންނަށް އަންނަނީ ކޮންމެވެސް ވަރަކަށް ކަރަންޓު ފޯރުކޮށްދެމުންނެވެ. ނަމަވެސް ރައްޔިތުން ތިބީ ޒަރޫރީ ބޭނުންތައް ވެސް ނުފުދިފައެވެ.

ރޭގެ ހާދިސާގައި އަލިފާން ރޯވީ ބޭނުން ކުރަމުން އައި ޖަނަރޭޓަރުގެ ޓާބޯގައި ކަމަށާއި އެގޮތަށް ދިމާވީ ޖަނަރޭޓަރު ލޯޑު ބޮޑުވެގެން ކަމަށް ބެލެވޭ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ބިލެތްފައްސަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް