އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެއަތުން މަސްތުވާތަކެތި އަތުލައިގެންފި

ޕާކިސްތާނުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެއަތުން މަސްތުވާތަކެތި އަތުލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ޕާކިސްތާނުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެއަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ އެމީހާއަކީ ޢުމުރުން 31 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާއަކީ ސެޕްޓެމްބަރ 21 ވަނަ ދުވަހު ފުލައި ދުބާއީގެ FZ 555 އިން ރާއްޖެއައި މީހެއް ކަމަށެވެ.

މި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ކަސްޓަމްސްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މީނާގެ ޓްރޯލީ ބޭގުގެ 3 ފުރޮޅަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ޕެކެޓްތަކެއް ފެނިފައިވާކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަން މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 640 ގްރާމް ހުރިކަމަށްވެސް ބުންޏެވެ.

މިކޭސްގައި ޝާމިލްވާ މީހާއާއި އަތުލައިގަން މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައި ކަމަށްވެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް