އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުވާ ނުނިމެނީސް ގާސިމް އިބްރާހިމް މާލެ ގެނައުމަކީ ފަރުވާއަށް ހުރަސްއެޅުން

ފަރުވާ ނުނިމެނީސް ގާސިމް އިބްރާހިމް މާލެ ގެނައުމަކީ ފަރުވާއަށް ހުރަސްއެޅުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ފަރުވާ ނުނިމެނީސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާލެ ގެންނަން އުޅުމަކީ ގާސިމް އިބްރާހިމް ގެ ބޭސްފަރުވާއަށް ހުރަސްއެޅުން ކަމަށް އާއިލާއާއި ހެޔޮއެދޭފަރާތްތަކުން ބުނެފިއެވެ.

އާއިލާއާއި ހެޔޮއެދޭފަރާތްތަކުން މިހެން ބުނެފައިވަނީ ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށާއި ރާއްޖެ ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަށް ސާވިސް އިން އަންގާފައިވާ ކަމަށް ޚަބަރުފެތުރެމުންދާތީ، އެކަމާއިގުޅިގެންނެވެ.

ގާސިމްގެ ހިތްޕުޅުގެ އޮޕަރޭޝަން ކުރައްވާފއިވަނީ މިހުގެ 20 ވަނަ ދުވަހުގެ ހެނދުނު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގަ އެވެ.

ސިންގަޕޫރުގައި މިހާރު ގާސިމް ބައްލަވަމުން ގެންދަވާ ސިންގަޕޫރުގެ ހާޓް ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް، ގާސިމްގެ ބޭސް ފަރުވާއަށް އިތުރު ތިން މަސް ބޭނުންވާކަން ލިޔުމުން އާއިލާއަށް އެންގުމުން އާއިލާ އިން އެމައުލޫމާތު މޯލްޑިވްސް ކަރެކްޝަނަށް ސާވިސްއާއި ވަނީ ހިއްސާކޮށްފައެވެ.

ގާސިމްގެ އާއިލާއިން ވަނީ ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށްޓަކައި ޑިސެމްބަރު 2017 ގެ ނިޔަލަށް ސިންގަޕޫރުގައި ހުންނެވުމުގެ ހުއްދަ ދެވައި، ގާސިމް އިބްރާހީމަށް ދެއްވާފައިވާ ޓްރެވެލް ޑޮކިއުމެންޓުގެ މުއްދަތު ވެސް އެ މުއްދަތަށް އިތުރު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މޯލްޑިވްސް ކަރެކްޝަނަށް ސާވިސް އިން ވަނީ ދެ ފަހަރެއްގެ މަތިން ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް 20 ދުވަހުގެ މުއްދަތެއް ދީފައެވެ.

ގާސިމް އިބްރާހީމްގެ ހިތްޕުޅުގައި ހުރި ތިން ބްލޮކް ނައްތާލުމަށް އޮޕަރޭޝަނެއް ކޮށްފައިވާއިރު، ވައިގެ މަގުން އަވަހަކަށް ދަތުރުނުކުރެއްވޭނެ ކަމަށް ގާސިމް ބައްލަވާ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ގާސިމް އިބްރާހިމާއި މެދު ދިވެހި ރައްޔިތުން ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަން ގާސިމް އިބްރާހީމްގެ އާއިލާއިން އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށާއި ގާސިމް އިބްރާހިމަށް އަވަސް ޝިފާއެއް ދެއްވުން އެދި ހެޔޮ ދުއާކުރުމަކީ އެންމެ ބޮޑު އިލްތިމާސް ކަމަށްވެސް އާއިލާއިންވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު