އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދި އަރަބިއާގެ 87 ވަނަ ޤައުމީ ދުވަސް ފާހަގަ ކޮށްފި

ސައުދި އަރަބިއާގެ 87 ވަނަ ޤައުމީ ދުވަސް ފާހަގަ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ސައުދި އަރަބިއްޔާގެ 87 ވަނަ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން ވަރަށް ޚާއްސަ ފަރިއްކޮޅެއް ސައުދި އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ބަދުރް އަލީ އަލްކަހައިލް ބާއްވައިފިއެވެ.

މިރޭ 19:00 ގައި ކުރުނބާ އައިލެންޑް ރިސޯޓުގައި ބޭއްވި ޚާއްސަ ފަރިއްކޮޅު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފުއެވެ. އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.



މިރޭގެ މިޚާއްސަ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ި ސަފީރު ވިދާޅުވީ ރާއްޖެއާއި ސައުދީ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން އުފެދުނީއްސުރެ ފެށިގެން ދެޤައުމުވެސް އިޖުތިމާޢީ ގޮތުން ވަރަށް ކުރިއަރާފައިވާ ކަމަށެވެ.



މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ ސައުދީ އަރަބިއާ ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް، ރާއްޖެއާއިއެކު އެކުވެރިކަމުގެ ގުޅުމާއި އަޚުވަންތަކަމުގެ ގުޅުން ބޭއްވުމުގެ އިތުރުން ރާއްޖޭގެ ސޯޝިއޯ-އިކޮނޮމިކް ޑިވޮޕްލެންޓްގެ އެންމެ އިސް ޕާޓްނަރ އަކަށް ވެސް ވެފައި ކަމަށެވެ.



"ސައުދި އަރަބިއާ އާއިއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން އުފައްދާފައިވަނީ 1981 ވަނަ އަހަރު. ސައުދީއާއި އެކު އޮންނަ އަޚުވަންތަ ކަމުގެ ގުޅުމަށް 36 ފުރުންވެސް ފާހަގަ ކުރާއިރު، މިގުޅުން ރަނގަޅަށް ދެމެހެއްޓުނީ އެތައް ފަރާތެއްގެ މިއްނެތް މަސައްކަތާއިއެކު، އަޅުގަނޑުމެން އެބޭފުޅުން އެކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރަން. ސައުދީ އަރަބިއާ އާއި އެހެން އަރަބިކް-އިސްލާމިކް ޤައުމުތަކާއިއެކު ގުޅުން ވަރުގަދަ ކުރުމާއި އިސްލާމީ އަޤީދާއަށް ބާރުއެޅުމަކީ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެސް ނުހަނު ބާރު އަޅުއްވާ ކަމެއް" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.



މިރޭގެ މިޚާއްސަ ފަރިއްކޮޅު ނިންމާލީ، ސައުދީ އަރަބިއާގެ 87 ވަނަ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޚާއްސަ ކޭކެއް ފެޅުމަށްފަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ