އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަކުނުދޫ ފަޅުތެރެއިން ގާތްގަނޑަކަށް 8 ފޫޓުގެ މިޔަރެއް ފެންނާތީ ސަމާލުވާން އަންގައިފި

މަކުނުދޫ ފަޅުތެރެއިން ގާތްގަނޑަކަށް 8 ފޫޓުގެ މިޔަރެއް ފެންނާތީ ސަމާލުވާން އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ހދ.މަކުނުދޫ ފަޅުތެރެއިން ގާތްގަނޑަކަށް އަށް ފޫޓުގެ ދިގުމިން ހުރި ބޮޑު މިޔަރެއް ފެންނާތީ، ސަމާލުވާން އެރަށު ރައްޔިތުންނަށް ކައުންސިލުން އަންގައިފިއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާކިރު ވިދާޅުވީ، އެރަށުގެ ފަޅުތެރެއިން އިއްޔެއާއި މިއަދުވެސް ބައެއް މީހުންނަށް މިޔަރެއް ފެނިފައިވާ ކަމަށެވެ. މިޔަރު ފެނުުނު މީހުން ބުނާ ގޮތުގައި އެއީ ގާތްގަނޑަކަށް އަށް ފޫޓުގެ ދިގުމިން ހުރި މިޔަރެއް ކަމަށް ވެސް ޝާކިރު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންކަހަލަ މިޔަރެއް ކަމެއް އަދި ނޭނގެއެވެ.

"ބޮޑު މިޔަރެއް ފެންނަނީ، ހަމަލާދޭ ކަހަލަ. ހަތަރު ވަރަކަށް މީހަކަށް ފެނިފައިވަނީ" މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ޝާކިރު ވިދާޅުވީ، އެމިޔަރު ފެންނާތީ މަސްވެރިންނަށާއި މޫދަށް އެރި އުޅޭ މީހުންނަށް ސަމާލުމަށް އަންގާފައިވާނެ ކަމަށާއި އަޑުގަދަކުރާއިން ވެސް ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަމަށެވެ.

މަކުނުދޫގެ ފަޅުތެރެއިން މިޔަރެއް ފެނިފައިވާއިރު ރަށުގެ ބޭރުމަތިންވެސް މިޔަރު ފެނި އެކަމުގެ އަސަރު މަސްވެރިކަމަށް ވެސް ކުރާކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާ ކަމަށް ޝާކިރު ވިދާޅުވިއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް







ހުސެން 2017-09-24 23:51:07

މިޔަރުބާނަން ހުއްދަދީފިއްޔާ މިބިރުވެރިކަމުން ސަލާމަތްވާނެ އިރާދަކުރެއްވިޔާ


މަރިޔަމް ވަހީދާ