އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކުއްޖަކީ އިޤްތިޞާދީ ރައުސުލްމާލެއްގެ ގޮތުގައި ދެކެންޖެހޭ: ރައީސް

ކޮންމެ ކުއްޖަކީ އިޤްތިޞާދީ ރައުސުލްމާލެއްގެ ގޮތުގައި ދެކެންޖެހޭ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މިއަދު ކޮންމެ ދިވެހި ކުއްޖަކީ އިޤްތިޞާދީ އެސެޓެއް ގޮތަށް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަށާއި، ކޮންމެ ކުއްޖަކަށްވެސް ހުރިހާ ފުރުޞަތެއް ތަނަވަސްކޮށްދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ޙަފްލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރުގެ ދިވެހި ކުދިންނަށް ލިބެން ބޭނުންވާ ޢިލްމީ ފުރުސަތުތައް ތަނަވަސްކޮށްދެއްވަން ކޮށްދެއްވާ މަސައްކަތްޕުޅުތަކާ އެއްވަރަށް، އޭގެ ނަތީޖާއެއްގެ ގޮތުން އެ ކުދިންގެ ފަރާތުން ޤައުމަށް ލިބެންޖެހޭ ޚިދުމަތްތައް ކަށަވަރު ކުރެއްވުމަށްވެސް އެމަނިކުފާނު އިސްކަން ދެއްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިއަދަކީ، ކުރިއާ ޚިލާފަށް، އެ ކުއްޖަކަށް ކިޔެވުނު އެއްޗެއް ކިޔެވުނު މިންވަރަކަށް ކިޔެވުނީމާ ފުދޭ ދުވަސްނޫން ކަމަށާއި، އެ ކުއްޖަކު ޝައުޤުވެރިވާ ދާއިރާއަކުން ކުރިއަށްދާންވީ ޒަމާން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަންކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހި ޒުވާނުންނަކީ ޤާބިލް ބަޔަކަށް ހެދުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ބައެއްގެ ގޮތުން ޒަމާނާ އެއްގޮތަށް ވިސްނުން ބެހެއްޓުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، މި ސަރުކާރުގެ އަމާޒަކީ، ވަށާޖެހޭ ތައުލީމީ ނިޒާމެއް ރާއްޖޭގައި އުފައްދައިގެން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަބަދުވެސް ޒުވާނުންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







މަރިޔަން 2017-09-25 11:25:40

އިގްތިސޯދީ ރައުސުލްމާލަކަށް ވިޔަސް އެހެން ރައުސުލްމާލަކަށްވެސް ހެދޭނީ ގައުމުގެ ޒުވާނުން ދިރިތިބެގެން ދެއްތޯ؟ މަރާ ހުސްވީމަކާ ތިޔަ ކަމެއް ނުވާނެ.


މޫސާ ވަހީދު