އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޙުމަދުގެ ޑައިރީއިން ގަނޑެއް ކިޔާލުމުން އަހަރެންގެ ހިތް ފަޅައިގެން ދިޔަފަދަ...

އަޙުމަދުގެ ޑައިރީއިން ގަނޑެއް ކިޔާލުމުން އަހަރެންގެ ހިތް ފަޅައިގެން ދިޔަފަދަ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު



އަޙުމަދުގެ އެއްޗެހިތައް ރަމަތަކޮށް އެކޮޓަރި ސާފު ކުރަން އަހަރެން ފެށީ އެތަން ހުސްކުރުމަށެވެ. އެކަން ކުރަން ފެށީ، ހައިރާން ކުރުވާނޭފަދަ އެއްޗެއް އެތަނުން ފެންނާނޭ ކަމަކަށް ނޫނެވެ. ނަމަވެސް ކަޅު ކުލައިގެ ކަވަރެއް ލައްވާފައި އޮތް އެފޮތް ފެނުމުން، އެއީ ކޮން ފޮތެއްތޯ ބަލާލަން އަހަރެން ކެތްމަދުވިއެވެ.

އެފޮތް ހުޅުވާލުމުން އެއީ އަޙުމަދުގެ ޑައިރީކަން އަހަންނަށް އެނގުނެވެ. އަޙުމަދަކީ ފޮތެއްގައި އެއްޗެހި ލިޔާ މީހެއްކަމެއް އަދި ފޮތް ކިޔާ އުޅުނު މީހެއް ކަމެއް ވެސް، މީގެ ކުރިއަކުން އަހަންނަކަށް ނޭނގެއެވެ.
އެފޮތް ކިޔާލިއިރު އޭގައި ފުރަތަމަ ލިޔެފައިވަނީ އޭނާ އާއްމުކޮށް ދިރިއުޅޭ ގޮތްތަކުގެ ވާހަކައެވެ. އޭގައި އަހަންނަށް ނޭނގޭ އައު ވާހަކައެއް ނެތުމުން އިތުރަށް އެފޮތް ކިޔަން އަހަރެން ފޫހިވިއެވެ.
ކުއްލިއަކަށް އަހަންނަށް ފެނުނީ، ނުލިޔެ ދުވަސްތަކެއް ވައްޓާލުމަށްފަހު އަޙުމަދު ލިޔެފައިވާ ކުރު ޕެރެގްރާފެކެވެ. އޭގައިވެއެވެ.

"އަހަރެން ކީއްވެ ނަމާދު ނުކޮށް މިއުޅެނީ؟ ނަމާދާއިމެދު އަހަރެން ފަރުވާ ކުޑަ މިވެވެނީ ކީއްވެ؟ އަހަންނަކީ ވެސް މުސްލިމެއް، ނަމާދަކީ ފަރުޟެއްކަން އެނގިހުރެ އަހަނރެން ކީއްވެ އެކަމާ މިއަޅާނުލަނީ؟ މާދަމާ ހަމަޔަޤީނުންވެސް އަހަރެން ނަމާދު ކުރާނަން"އެޕެރެގްރާފް ކިޔުމަށްފަހު، އަޙުމަދަށް ވިސްނުނީތީ އަހަރެން އުފާ ކުރީމެވެ. އަދި އޭގެ ފަހުން އެހެން ދުވަހަކު އޭނާ ލިޔެފައިވާ އެއްޗެއްވެސް ކިޔަން ބޭނުންވިއެވެ.
އޭގެ އަނެއް ދުވަހުގެ ރޭ ލިޔެފައިވާ ބައެކެވެ.

"މިއަދުވެސް އަހަންނަކަށް ނަމާދެއް ނުކުރެވުނު. ފަތިސް ނަމާދަށް ހޭނުލެވުނުތާ، އަހަންނަށް ހޭލެވުނީވެސް މާލަހުން. އޮފީހަށް ދާން ގަޑި ޖެހޭތީ ދެން އޮފީހުގަ ނަމާދުކޮށްލަން ކަމަށް ދިޔައީ. އެކަމަކު އޮފީހުގަ މާބިޒީކަމުން އެންމެ ނަމާދެއްވެސް ނުކުރެވުން. އިރުއޮއްސުނު ފަހުން ގެއަށް އައިސް، މާބޮޑަށް ވަރުބަލިވެފައި ހުރުމުން ނިދީ. ހޭލެވުނީ 11 ޖަހަން އުޅެނިކޮށް. ދެން މިހާރު މާލަސްވެފަ ހުރީމަ ނަމާދު ކުރާކަށް ނުކެރޭނެ. ދެން އަނެއްކާވެސް މާދަން ކުރާނީ"

އެބައި ކިޔާފައި އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. ވަގުތު ހޯދައިގެން ވެސް ނަމާދު ކުރަންވާނެކަން އަހަންނަށް އެނގެއެވެ.

އޭގެ ފަހުން ހަތަރު ދުވަހެއްގެ ލިޔުން ލިޔެފައިވާއިރު ވެސް، ހުރީ ހަމަ އެއް ވާހަކައެކެވެ. ބިޒީ ވެގެންނާއި ވަރުބަލިވެގެން ނަމާދު ނުކުރެވުން ވާހަކައެވެ. ހަތަރު ދުވަސް ފަހުން ލިޔެފައި އިން ލިޔުމުގައިވަނީ، އޭގެ ދެން ޖެހިގެން އިން ހަފްތާގައި ހަމަ ޔަޤީނުންވެސް ނަމާދު ކުރާނެ ކަމަށެވެ.

އެއަށްފަހު ޑައިރީގައި ނުލިޔެ ދުވަސްތަކެއް ވައްޓާލާފައިވާކަން ފާހަގަވިއެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުގެ ލިޔުމުގައި، އާއްމު ދިރިއުޅުމުގެ ވާހަކަ ލިޔުމަށްފަހު، ލިޔެފައިވަނީ" މިހަފްތާވެސް ފާއިތުވީ އެންމެ ނަމާދެއްވެސް ނުކުރެވި. އެކަމަކު އެއީ މައްސަލައެއް ނޫން. އަހަންނަކީ އަދި ޒުވާނެއް. ނަމާދު ކުރަން ފަށަން މުޅި އުމުރު އަދިވެސް އެބައޮތް." މިހެންނެވެ.
އެލިޔުންކޮޅު ކިޔާފައި އަހަންނަށް ގިސްލަގިސްލާފައި ރޮވުނެވެ. އެއީ އަޙުމަދުގެ އެންމެ ފަހު ލިޔުމެވެ. ލިޔެފައިވަނީ 13 ޖޫން 2017 ގެ ރޭގަނޑު 22:00 ގައެވެ. އަޙުމަދު މިދުނިޔެއަށް އަލްވަދާއު ކިޔާފައިވަނީ އެރޭ 22:30 ހާއިރުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ