އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

Y18 ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވުން އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހަށް އިތުރުކޮށްފި

Y18 ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވުން އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހަށް އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

Y18 ސްޕޯޓްސް ފިއެސްޓާގައި ބައިވެރިވުން އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

ޕީޕީއެމްގެ ކުޅިވަރު މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ބާއްވާ "ވައި-18 ސްޕޯޓްސް ފިއެސްޓާ" އަކީ ޒުވާނުންނަށް ކުޅިވަރު މައިދާނުގައި ކުރިއަށް ދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފިއެސްޓާއެވެ.

މިފިއެސްޓާގައި ބައިވެރިވުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 14:00އަށް އިތުރުކޮށްފައިވާ އިރު، ކުޅުންތެރިން ރަޖިސްޓަރީކުރަން ހުށަހެޅުމުގެ މުއްދަތުވެސް އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00އަށް އިތުރުކޮށްފައެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީމިފިއެސްޓާގައި ބައިވެރިވުމަށް ހަށަހަޅަން ޖެހޭ ފޯމާއި ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ހަށަހަޅަންޖެހޭ ފޯމް އެޕާޓީގެ އޮފީސް ހ. ހުރަފައިގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް މޭލް ކުރެވޭނެ ކަމަށެވެ.

މި ފިއެސްޓާގައި ބައިވެރިވާ ޓީމުތަކަށް ތައްޔާރުވުމުގެ ގޮތުން ފައިސާގެ ބޮޑެތި އެހީތަކާއި ޖާރޒީ ދިނުމަށް ވަނީ ނިންމާފައެވެ.

މިފިއެސްޓާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިސްޕޯޓްސް ފިއެސްޓާގައި އަންހެނުންނަށް ޚާއްސަ ވޮލީ މުބާރާތަކާއި ފިރިހެނުންނަށް ޚާއްސަ ފުޓްސަލް މުބާރާތެއް ބާއްވާނެއެވެ. ފުޓްސަލް އަދި ވޮލީގައިކޮންމެ ރަށަކުން ބައިވެރިވެވޭނީ އެއްޓީމަށެވެ.

މުބާރާތުގައި އަތޮޅުތަކުގެ ޗެމްޕިއަނުންނަށް ބައިލައްކަ ރުފިޔާ، ޒޯން ޗެމްޕިއަނުންނަށް އެއްލައްކަ ރުފިޔާ ލިބޭނެއެވެ. އަދި މާލޭގައި ކުޅޭ ފައިނަލް ބުރުގެ ޗެމްޕިއަން ޓީމަށް ދެލައްކަ ރުފިޔާ ލިބޭނެއެވެ.
މީގެއިތުރުން ކޮންމެ ބުރަކުން ދެވަނައަށްދާ ޓީމާއި ފެއަރ ޕްލޭ ޓީމަށްވެސް ފައިސާގެ އިނާމް ލިބޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު