އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ފޭސް-2 ގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް ފަށަނީ

ހުޅުމާލޭ ފޭސް-2 ގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ހުޅުމާލޭގެ ތަރައްޤީއަށްޓަކައި، އަލަށް ހަދާފައިވާ ފޭސް-2 ގެ ތަރައްޤީއަށް ޓަކައި އިތުރު މަަސައްކަތްތަކެއް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ އިން) ފައްޓަން ނިންމައިފިއެވެ.

އެޗްޑީސީ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް-2 ގެ މަގުތައް ނިންމުމަށްޓަކައި، މަގުތަކުގައި ތާރު އަޅަން ފެށުމުގެ ކުރިން އޭބީސީ ލޭޔަރާއި ކަރބްސް އަޅަން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ

މީގެ އިތުރުން ހުޅުމާލެ ފޭސް-2 ގެ ގޮނޑުދޮށާއި ފަޅުތެރެ ހިމާޔަތް ކުރުމުގެ ގޮތުން، ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

ހުޅުމާލޭގެ ތަރައްޤީއަށް ބަލާއިރު ބްރިޖުން ހުޅުމާލެއަށްދާ ބިންހިއްކުމުގެ މަސައްކަތް ފަށަން އުޅޭ ކަމުގެ މައުލޫމާތުވެސް މިމަހު ވަނީ ލިބިފައެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ