އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީއާރުސީ ފުޓްބޯލް ޓޯނަމަންޓް 2017: އިބްރާހިމް ހަލީމްގެ ހެޓްރިކާއެކު ޓީމް އައްސޭރިއަށް ފަސޭހަ މޮޅެއް.‏

ޕީއާރުސީ ފުޓްބޯލް ޓޯނަމަންޓް 2017: އިބްރާހިމް ހަލީމްގެ ހެޓްރިކާއެކު ޓީމް އައްސޭރިއަށް ފަސޭހަ މޮޅެއް.‏


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯލް ޓޯނަމަންޓް ގައި މި ޓީމް އެޗްކިއު އާއި ވާދަކޮށް 1-6 ގެ ނަތީޖާއަކުން ޓީމް އައްސޭރި މެޗް ކާމިޔާބުކޮށްފިއެވެ. މެޗްގައި މޮޅަށްކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވެސް ޓީމް އައްސޭރިއެވެ.

ޓީމް އައްސޭރިން ޖެހި ހަ ލަނޑުގެތެރެއިން 3 ލަނޑު ޖަހާފައިވަނީ އެޓީމުގެ ހުނަރުވެރި ފޯވާޑު، އިބްރާހިމް ހަލީމެވެ. ހަލީމުގެ އިތުރުން އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ހުމާމު އާއި ހުސެއިން ނާފިޒް އެވެ. ހުމާމުވަނި މިމެޗުގައި ދެލަނޑު ޖަހާފައެވެ. ޓީމް އެޗްކިއުގެ ހަމައެކަނިލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ ހުސައިން ޞަބާހުއެވެ.

އިބްރާހިމް ހަލީމް ވަނީ މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައެވެ.

ޓީމް އެޗްކިއުގެ ކޯޗް ވިދާޅުވީ މިމެޗުގައި މުހިންމު ތިން ކުޅުންތެރިން ނެތި ކުޅެންޖެހުމުން އެތަން ފޫބެއްދުމަށް ވަރަށް އުނދަގޫވިކަމަށާ އެހެންނަމަވެސް މިމެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސްދެއްވާ ކަމަށެވެ.

ޓީމް އައްސޭރީގެ ކޯޗް އަބްދުﷲ ރަޝާދު ވިދާޅުވީ މިއަދުގެ މެޗުގައި އައްސޭރި ޓީމުގެ ކުޅުން އެހާ ރަނގަޅުނޫންކަމަށާއި އެހެންނަމަވެސް ތިން ޕޮއިންޓް ލިބުމުން އެކަމާ ހިތްހަމަޖެހޭކަމަށެވެ.

ޓީމް އެޗްކިއުއާއި ޓީމް އައްސޭރި ފުރަތަމަ ބުރުގައި ބައްދަލުކުރިމެޗް 2-1 އިން ކާމިޔާބުކުރީ ޓީމް އެޗްކިއު އެވެ. މިމެޗަކީ ބަދަލުހިފުމެއްކަމަށް ބައެއް ސަޕޯޓަރުންއަންނަނީ ސިފަކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު