އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެޕްޓެމްބަރު މަހު ސީރިޔާގަ 3000 މީހުން މަރައި ރެކޯޑް ހަދައިފި

ސެޕްޓެމްބަރު މަހު ސީރިޔާގަ 3000 މީހުން މަރައި ރެކޯޑް ހަދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ނިމިގެންދިއަ ސެޕްޓެމްބަރު މަހަކީ ސީރިޔާގެ ހަމަނުޖެހުންތަކުގައި ރެކޯޑް އަދަދަކަށް މީހުން މެރި މަހެވެ. ސެޕްޓެމްބަރު މަހު 3000 އަށްވުރެ ގިނަ މީހުން މަރާފައިވާއިރު އެއިގެ ތެރެއިން ހާހެއްހައި މީހުންނަކީ ޢާންމު ރައްޔިތުންނެވެ. އެއިގެ ތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ސީރިޔާގައި މިހާރު ކުރިއަށް ގެންދަނީ މީހުން މެރުމުގެ ރޭސްތަކެވެ. އެއްކޮޅުން ރަސިއާ އާއި ރަސިއާގެ ބައިވެރިންނެވެ. އެއީ ބަޝާރުލްއަސަދުގެ ވެރިކަން ހިމާޔަތްކުރަން ވާގިވެރިވާ މީހުންނެވެ.

އަނެއްކޮޅުން އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނެވެ. ރަސިއާ އާއި އެމެރިކާއިންވެސް ކުރަމުން ގެންދާ ކަމަކީ އެމީހުންގެ ހަތިޔާރުގެ މޮޅުކަން ދައްކައި ހަތިޔާރަށް މާރކެޓް ހޯދުމެވެ. ނަމަވެސް މިމާފިއާ ހަމަލާތަކަށް ކިޔާ ނަމަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައެވެ.

އެމެރިކާ އާއި ރަސިއާ އާއި ދެކޮޅަށް މުސްލިމުން ހަމަލާދީފިނަމަ އެކަންވަނީ ޓެރަރިސްޓް ހަމަލާއަކަށެވެ. އެމެރިކާ އާއި ރަސިއާ އިން ޢާންމު ރައްޔިތުން މެރުމުން އެކަން ވަނީ ޞުލްޙައަށް ކުރާ މަސައްކަތަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް