އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސީލައިފް ގްލޯބަލް ސީއޯސީ ކަޕް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް އައިސްޔޫއަށް، އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އެސްއޯ ހާޓްބީޓަށް

ސީލައިފް ގްލޯބަލް ސީއޯސީ ކަޕް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް އައިސްޔޫއަށް، އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އެސްއޯ ހާޓްބީޓަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކިޑިޕާޓްމަންޓަކުގެ މެދުގައި ބޭއްވި ސީލައިފް ގްލޯބަލް ސީއޯސީ ކަޕްގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް އައިއެސްޔޫ ހޯދިއިރު އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އެސްއޯ ހާޓްބީޓުން ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް އައިއެސްޔޫ ހޯދީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ގަލޮޅު ޕޮލިސް އާ ވާދަކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އެސްއޯ ހާޓްބީޓް ހޯދީ ފައިނަލުގައި ސިޓީ ގާލްސްއާ ވާދަކުރި މެޗު 1-0 ގެ ނަތީޖާކުން ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. ފިރިހެން ޑިވިޜަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ގަލޮޅު ޕޮލިސްގެ ޕޮލިސް ލާންސް ކޯޕްރަލް އިބްރާހިމް ނަސްރުއެވެ.

އަދި އަންހެން ޑިވިޜަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އެސްއޯ ހާޓްބީޓްގެ ޕޮލިސް ސާޖަންޓް ސުހާނާ އަޙްމަދުއެވެ.ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 8 ކުޅުންތެރިން ހޮވާފައިވާއިރު މި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ޕޮލިސް ކޯޕްރަލް އަޙްމަދު ރިފްޝާން އާއި ހުޅުމާލެ ޕޮލިސްގެ ޕޮލިސް ސާޖަންޓް އަޙްމަދު ޝާހިދު އާއި ގަލޮޅު ޕޮލިސްގެ ޕޮލިސް ކޯޕްރަލް ޢަލީ މުނާޒް އާއި ޕޮލިސް ލާންސް ކޯޕްރަލް ނިޝާން ޝަރީފް އާއި އެސްއާރުޔޫ ދަ ޗެމްޕިއަންގެ ޕޮލިސް ސާޖަންޓް ޢަލީ ފަހުމީ އާއި ޓީމް އައިސްޔޫގެ ޕޮލިސް ކޯޕްރަލް ޙަސަން ނަސީރު އާއި އެސްސީ ކޮންސްޓަބަލް އަހްމަދު ޖުނައިޝް އަދި އެސްސީ ކޮންސްޓަބަލް އިސްމާޢީލް ޝައިމަލްއެވެ.

ފިރިހެން ޑިވިޜަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ހުޅުމާލެ ޕޮލިސްގެ ޕޮލިސް ސާޖަންޓް އަޙްމަދު ޝާޙިދުއެވެ. އޭނާވަނީ މި މުބާރާތުގައި ޖުމްލަ 5 ލަނޑު ޖަހާފައެވެ.ސީލައިފް ގްލޯބަލް ސީއޯސީ ހެޑް ކަޕް އަންހެން ޑިވިޜަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސިޓީ ގާލްސްގެ ޕޮލިސް ސާޖަންޓް ސަންފަ އިބްރާހިމް ދީދީ އާއި އެސްއޯ ހާޓްބީޓްގެ ޕޮލިސް ސާޖަންޓް ސުހާނާ އަޙްމަދު އާއި ޕޮލިސް ލާންސް ކޯޕްރަލް ރިޝްމާ ޢަބްދުﷲ އާއި އައިއެސްޑީ ރަނިންގެ އެސްސީ ކޮންސްޓަބަލް ފާތިމަތު ސާއިނާ އާއި އެސްސީ ކޮންސްޓަބަލް އައިޝަތު މުނިޔާ އެވެ.

އަންހެން ޑިވިޜަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ އެސްއޯ ހާޓްބީޓްގެ ސުހާނާ އަޙްމަދުއެވެ. ސުހާނާ ވަނީ މިމުބާރާތުގައި ޖުމްލަ 6 ޖަހާފައެވެ. މުބާރާތުގައި އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމެއް ހޮވާފައިވެއެވެ. މި މަޤާމަށް ހޮވުނީ ޓީމް އައިއެސްޔޫއެވެ.ސެޕްޓެމްބަރު މަހުގެ 28 ން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 19 ޓީމަކުން ބައިވެރިވެފައިވެއެވެ. އެގޮތުން 8 އަ ސައިޑް ފިރިހެން ފުޓްބޯޅަ މުބާރާތުގައި 15 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމަކުންނެވެ.

ސެންޓްެރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަގަޅު ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އެކޮމާންޑްގައި ހިމެނޭ މާލެސިޓީ ޕޮލިސް އާއި ހުޅުމާލެ ޕޮލިސް އާއި އިންޑަސްޓްރިއަލް ސެކިއުރިޓީ ޑިޕާޓްމަންޓާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް އަދި ސްޕެޝަލިސްޓް އޮފަރޭޝަންސް ޑިޕާޓްމަންޓުން ޓީމްތައް ބައިވެރިވެއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި އެ ކޮމާންޑްގެ އިސްވެރިންނާއި އެކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެކޮމާންޑްގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު