އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުން ކުރިނަމަވެސް ސްކޫލުތަކުން ކުރި ނަމަވެސް ހަރާމް ކަމެއް ވާނީ ހަރާމް ކަމަކަށް: ޝައިޚް ޢަލީ ޒައިދު

ސަރުކާރުން ކުރިނަމަވެސް ސްކޫލުތަކުން ކުރި ނަމަވެސް ހަރާމް ކަމެއް ވާނީ ހަރާމް ކަމަކަށް: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ސަރުކާރުން ކުރި ނަމަވެސް އަދި ސްކޫލްތަކުން ކުރި ނަމަވެސް ޙަރާމް ކަމެއް ވާނީ ޙަރާމް ކަމަކަށް ކަމަށާއި މާތްﷲ ޙަރާމް ކުރެއްވެވި ކަމެއް ހުއްދަ ކުރެވޭނެ އެއްވެސް ފަރާތެއް ނުވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޤައުމީ ސިލަބަހުގައި ހިމަނައިގެން ނަމަވެސް މިޔުޒިކް ކިޔަވައި ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި އެހެންކަމާއިއެކުވެސް ރާއްޖޭގެ ސްކޫލްތަކުގައި މިޔުޒިކް ކިޔަވައިދެމުން ގެންދާ ކަމަށެވެ. އަދި ދަރިންނަށް މިޔުޒިކް ކިޔަވައިދޭން ބޭނުން ނުވާ މައިން ބަފައިންގެ ދަރިންނަށް ކުރަމުން ގެންދަނީ ފުރައްސާރަ ކަމަށެވެ.

"ބެލެނިވެރިންގެ އެދުމަށް ދަރިވަރުން އެގަޑީގަ ކްލާހުން އެބަ ބޭރުކުރޭ. އެކަމަކު ކްލާހުން ބޭރުގައި ބައިތިއްބަނީ ކިޔަވައިދޭ އެއްޗެއް އަޑު އިވޭގޮތަށް. މިއީ އެއްވެސް ހާލެއްގައި އެކަން ކޮށްގެންވާނެ ކަމެއް ނޫން. ދަރިންނަށް ކިޔަވައިދޭން ބެލެނިވެރިން ބޭނުން ނުވާ އެއްޗެއް ކިޔވައިދީގެން ނުވާނެ."

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދަރިވަރުންނަށް މިޔުޒިކް ކިޔަވައިދިނުމަކީ ގަދަކަން ދައްކާފައި މާތް ﷲ އަށް ގޮންޖެހުން ކަމަށެވެ. އަދި އެކަން ކުރަނީ ކޮން ހައިޞިއްޔަތަކުން ކަމާއިމެދު ވެސް ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލު އުފައްދަވައިފައެވެ. މިފަދަ އަމަލުތައް ކުރުމަށްފަހު މާތް ﷲ ގެ ހަޟްރަތުގައި ދޭނީ ކޮން ޖަވާބެއް ކަމާއިމެދުވެސް ޝައިޚް ޢަލީ ޒައިދު ވަނީ ސުވާލު އުފައްދަވައިފައެވެ.

ގުޅުންހުރި ލިޔުން:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް